ރަމަޟާން މަހަށް ހާއްސަކޮށްގެން، ''ސެލް ޤުރުއާން ޗެލެންޖް 1445'' ނަމުގައި ބާއްވަން ހަމަޖެހިފައިވާ އިންޓަރ ހައުސް ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު މާދަމާ ރޭ އޮންނާނެ ކަމަށް މުބާރާތް އިންތިޒާމުކޮށް ކުރިއަށް ގެންދާ ކޮމިއުނިޓީ އެމްޕަވަރމަންޓް ލިންކޭޖް (ސެލް)ގެ އިން ބުނެފިއެވެ.

މި ކަމާ ގުޅިގެން ''ހަލިނިއުސް'' އަށް މައުލޫމާތު ދެއްވަމުން އެ ޖަމިއްޔާގެ އިވެންޓް ކޯޑިނޭޓަރ ޝާމިލް މުހައްމަދު ވިދާޅުވީ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވަނީ މ. މުލަކު ސުކޫލުގެ އިބްރާހިމް ރަފީއު މާލަމުގައި ކަމަށެވެ. އަދި މި ރަސްމިއްޔާތު ފަށާ ގަޑިއަކީ އެރޭ 21:20 ގައި ކަމަށްވެސް ޝާމިލް ވިދާޅުވިއެވެ.

ސެލް ޤުރުއާން ޗެލެންޖް 1445 އަކީ ސެލްއާއި، މުލަކު ސްކޫލުގެ އިސްލާމީ ނޫރާއި ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.