ބޭނުންވާތަކެތި:

  • 12 ބިސް
  • 2 ޖޯޑު ނެސްލޭ ކްރީމް
  • 3/4 ޖޯޑު ހަކުރު
  • 1/2 ޖޯޑު ޕީނަޓް ބަޓަރ
  • 2 ދަޅުގެރިކިރު
  • 2 ޖޯޑުފެން

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ގެރިކިރާއި ބިސް، ކްރީމް ،ޕީނަޓް އަދި ފެން އެއްކޮށްފައި މިކްސަރުން ގިރާލާށެވެ. ދެން ފުރާނާފައި ބަހައްޓާށެވެ.

އެއަށްފަހު ޓްރޭއަށް ހަކުރުކޮޅެއް އަޅާލާފައި އުނދުން މައްޗަށް އުދާލާފައި ހަކުރުކޮޅު ބްރައުންވީމާ ފުރާނާފައި ހުރިބައި އަޅާލާށެވެ.

ދެން އާވިން ކައްކާލާށެވެ. ނުވަތަ އަވަނުން ފިހެލާށެވެ.