ސްޓެލްކޯއިން މިއަހަރު ހައްޖާއި އުމްރާގެ ދަތުރު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވައިފިއެވެ.

ގުރުއަތުލުން ކުރިއަށް ގެންދިޔައީ ރޭ އެކުންފުނިން މުވައްޒަފުންނަށް ބޭއްވި ރަމަޟާން މަސް އިހުޔާ ކުރުމުގެ ދަރުހާއި، ތަރާވީހާ އަދި އެކުންފުންޏަށް ގިނަ 41 އަހަރަށްވުރެ ގިނަ ދވަހު ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފު، ޖެނެރަލް މެނޭޖަރ ހަސަން ހުސައިން ރިޓަޔާރ ކުރެއްވުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

ހައްޖުގެ އަޅުކަމަށް އެދި ހުށަހެޅުމުގެ ޝަރުތަކީ 15 އަހަރު ދުވަހު އެކުންފުނީގައި މަސައްކަތް ކޮށްފައިވުމެވެ. އަދ އުމްރާއަށް އެދި ހުށަހެޅުމުގެ ޝަރުތަކަށް އޮތީ 5 އަހަރު ދުވަހު އެކުންފުނީގައި މަސައްކަތް ކޮށްފައި ވުމެވެ. ހައްޖު ދަތުރަށް އެދި 116 މުވައްޒަފުން ކުރިމަތިލިއެވެ. އުމްރާ ދަތުރަށް އެދި 254 މުވައްޒަފުން ކުރިމަތިލިއެވެ.

ސްޓެލްކޯ ހައްޖު ދަތުރު ލިބުނު 3 މުވައްޒަފުން

1. އަބްދުالله އާމިރު – ހުޅުމާލެ އިންޖީނުގެ

2. މުހައްމަދު އާދިލް – ކ. ކާށިދޫ އިންޖީނުގެ

3. އައިޝަތު ޝިޒްނާ – ވިލިނގިލި އަވަށު އިންޖީނުގެ

ސްޓެލްކޯ އުމްރާ ދަތުރު ލިބުނު 3 މުވައްޒަފުން

1. އާޒިމް އާދަމް – އދ. ދަނގެތި އިންޖީނުގެ

2. މުހައްމަދު އާރިފް – ރިނިއުވަބަލް އެނާޖީ ޑިޕާޓްމަންޓް

3. ހަދީއްޖާ އިފްޝާ – ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

މިފަހަރު ސްޓެލްކޯގެ އުސޫލުތަކަށް ބަދަލު ގެނެސް، ހައްޖާއި އުމްރާގެ ޖާގަ މިވަނީ ކޮންމެ ބަޔަކުންވެސް 1 ޖާގަ އިތުރު ކޮށްފައެވެ.