ބޭނުންވާތަކެތި:

  • 2 ޖޯޑު ހުންނަހާ ޕްރޯންސް
  • 3/1 ސައި ސަމުސާ މުގުރި އަސޭމިރުސް
  • 1 ފިޔާ ޕޭސްޓް ކޮށްފައި
  • 3 މޭޒުމަތީ ސަމުސާ ފުށް
  • 1 ބިސް ގިރާފައި5 ލޮނުމެދު ( ޕޭސްޓް ކޮށްފައި)
  • 1 ސައި ސަމުސާ ޗިކަންކިއުބް
  • ލޮނުކޮޅެއް
  • ތެޔޮ

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ފިޔާ، ލޮނުމެދު، ލޮނު، ޗިކަންކިއުބް، ބިސް ،ފުށް އަދި އަސޭމިރުސް ރަނގަޅަށް އެއްކޮށްފައި އޮލަކޮށް ފެންފޮދެއްގައި ގިރާލާށެވެ .

ދެން ޕްރޯންސްތައް އެއަށް ލާލާފައި 20 މިނިޓް ބަހައްޓާށެވެ.

އެއަށްފަހު ތަވާ އުނދުން މައްޗަށް އުދާލާފައި ތެޔޮއަޅާލާށެވެ. ދެން ކެކިގަތުމުން ޕްރޯންސް ތެލުލާށެވެ.

މިހާ ފަސޭހަ ކަމާއެކު ތައްޔާރުކޮށްލެވޭ ގާރލިކް ފްރައިޑް ޕްރޯންސް، ޓޮމާޓޯ ސޯސް ނުވަތަ ޗިލީ ސޯސްއާއެކު ކެއުމުން ރަހައަށް އިތުރު މީރު ކަމެއް ގެނެސްދެއެވެ. އަޖުމަ ބަލާލަން މި ކަނާ ތައްޔާރު ކޮށްލަބަލާށެވެ.