ބޭނުންވާ ތަކެތި:

  • 5 ޖޯޑު ހުންނަހާ ޕާން ކުޑަފެން ފޮދެއް އެއްކޮށްގެން ގުޅަ ވެށޭވަރަށް މޮޑެފައި ހުރި
  • 1 ފަޅި ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި
  • 2 ލުނބޯ
  • 1 ސައި ސަމުސާ މުގުރި އަސޭމިރުސް
  • 2 ފިޔާ ވަރަށް ހިމުންކޮށް ކޮށާފައި
  • 3 ހިކަނދިފަތް ހިމުންކޮށް ކޮށާފައި
  • 1 ޗިކަންކިއުބް
  • 1 މަސް ދަޅު
  • 1 ޖޯޑު މުގުރި ފާރޮށި
  • 5 ބިސް ގިރާފައި
  • ލޮނު
  • ތެޔޮ

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފިޔާ، ހިކަނދިފަތް، މިރުސް، ހުުތް ،މަސް .ލޮނު އަދި އަސޭމިރުސް ކިއުބް އެއްކޮށް މޮޑެފައި ޕާން ވެސް އެއްކޮށްފައި މޮޑެލާށެވެ .

ދެން މަސްގަނޑުން ކުދިކޮށް ގުޅަ ވަށާލާފައި އޮމާންކޮށްފައި ބިހަށްލާފައި ބޭރުގައި ފާރޮށި ކުނޑި ހާކާފައި ކުޑައިރުކޮޅަކު ބަހައްޓާފައި ހިކޭގޮތްވީމާ ތެލުލާށެވެ.