‏ޕީޕީއެމް/ޕީއެންސީގެ މިވަގުތުގެ ލީޑަރަކީ ރައީސް ޑރ. މުއިއްޒު ކަމަށާއި، މި ދެ ޕާޓީގެ ލީޑަރޝިޕް އޮތީ އެމަނިކުފާނާއެކު ރައްޔިތުން ބޭނުންވާ ތަރައްގީ މި ގައުމަށް ހޯދައިދިނުމަށް ފިސާރި ސާބިތުކަންމަތީގައި ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނައިބުރައީސް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ގެންދަވަނީ އެމްޑީޕީ އިން މި ގުއުމު ވައްޓާލި އަނދަވަޅުން ގައުމު ނަގައި ހަމަމަގަށް އެޅުވުމަށް ރެޔާ ދުވާލު ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށެވެ.

އަދި ހިކުމަތާއެކު ކުރައްވަމުން އެ ގެންދަވާ ބުރަ މަސައްކަތްޕުޅުގެ ފޮނި ނަތީޖާ ދިވެހި ރައްޔިތުންނަށް މިހާރުވެސް ދަނީ ފެންނަމުން ކަމަށްވެސް ނައިބުރައީސް ވިދާޅުވެފައިވެއެވެ.