ލިޔުނީ: އަޒްހީން

ހުޅުމާލޭގެ ފިތުރޯނު މަގުގައި ހަދާފައިވާ "ފިތުރޯނު ސްމާޓު ޕާކިން ސިސްޓަމް" އިން ޕާކިން ޖާގަ ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބޭނުންކުރާ ސްމާޓް ޕާކިން ޒޯން ތިން އަހަރުގެ މުއްދަތައް41 ޖާގަ ދޫކުރަން އެޗްޑީސީގެ އިއުލާނެއްގައި ބުނަފައިވެއެވެ. ޖާގަ ހޯދަން އެދޭ ފަރާތްތަކުގެ ބީލަން ފޯމު ބަލައިގަންނަން ފަށާނީ އޭޕްރިލް 24 ގައި ކަމަށް އެޗްޑީސީއިން ބުނެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް އެކުންފުނީގެ ވެބްސައިޓަށް ޒިޔާރަތްކޮއްލުމަށް ނުވަތަ 1516 އަށް ގުޅުމަށް އެޗްޑީސީއިން ބުނެއެވެ.