މ.މުލީގެ އެއާޕޯޓު އެޅުމުގެ މަސައްކަތުގެ 91 އިންސައްތަ ފުރިހަމަ ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން މައުލޫމާތު ދީފިއެވެ.

އިއްޔެ އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދުވަނީ މ.މުލީގެ އެޕޯޓު ޑިވެލޮޕްމެންޓް ޕްރޮޖެކްޓް މަސައްކަތް ބަލާލުމުގެ ގޮތުން އެ ރަށައް ޒިޔާރަތް ކޮށްފައެވެ. މިހާރު އެރަށުގެ އެޕޯޓު އެޅުމުގެ މަސައްކަތުގެ 91 އިންސައްތަ ވަނީ ފުރިހަމަ ވެފައެވެ. އެއާޕޯޓު އަޅާ ސަރައްހަދުގައި އަދިވެސް ބައެއް ތަންތަން ހުރީ އެއްކޮށް ނުހިއްކި އެވެ. ނަމަވެސް މި މަޝްރޫއުގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. މިގޮތުން އެއާޕޯޓުގެ ނެވިގޭޝަނަލް އެއިޑްސްގެ މަސައްކަތް ވެސް ވަނީ މިހާރު 33 އިންސައްތް ފުރިހަމަ ކުރެވިފައެވެ.

މިއީ އެމްޓީސީސީއާއި މޯލްޑިވްސް ނޭޝަނަލް ޕްލޭނިންގެ، ހައުސިންގް އެންޑް އިންފްރަސްޓްރަކްޗާގުޅިގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ބަޖެޓަކީ 221.733 މިލިޔަނެވެ.