ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން މިއަދު ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

މިނިސްޓްރީން އިތުރަށް ވިދާޅުވީ ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައި ވަނީ އަމީނިއްޔަ ސުކޫލު ހޯލުންް (ލިލީ މަގު ދޮރާށި) ކަމަށެވެ. އަދިހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ޒަކާތް ބަލައިގަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

- ގޮވާމުން ފިތުރު ޒަކާތް ބަލައިގަން ގަޑިތަކާއި ދުވަސްތައް:

  • 31 މާރޗް- 08 އޭޕްރީލަށް: 13:00 އިން ފެށިގެން 16:00 އާ ހަމައަށް
  • 09 އޭޕްރިލް: 13:00 އިން ފެށިގެން އިރުއޮއްސި 18:00 ގެ ނިޔަލަށް

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮވާމުގެ ބާވަތްތައް:

  • އާދައިގެ ހަނދޫ
  • ތައި ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަންފުށް
  • އަދި އާޓާ ފުށް ހިމެނެއެވެ.

މައުލޫމާތު ލިބިފަިވާ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 1,599,113ރ. ލިބިފައިވެއެވެ.