ބޭނުންވާ ތަކެތި:

  • 1 ޕިއްޒާ ބްރެޑް
  • 3 ޓޮމާޓޯ ތުނިކޮށް ފޮތިކޮށްފައި
  • 2 ފިޔާ ގާނާފައި
  • 4/1 ސައި ސަމުސާ އޮރެގާނޯ
  • 1/2ޖޯޑު ޗިލީ އެންޑް ގާރލިކް ސޯސް
  • 1/2 ޖޯޑު ޕީލްޑް ޓޮމާޓޯ
  • 2/1 ޖޯޑު ބެލްޕެޕަރ ކުދިކޮށް ކޮށާފައި ހުރި
  • 3/1 ސައި ސަމުސާާ މުގުރި އަސޭމިރުސް
  • 2 ފިޔާ ހިމުން ކޮށް ކޮށާފައި
  • 3 ލޮނުމެދު ގާނާފައި
  • 8 އޮލިވްސް ފޮތި ފޮތިކޮށްފައި
  • 2 ޖޯޑު ބައި މޮޒޮރެއްލާ ޗީޒް ގާނާފައި ހުރި
  • 3 ކެޕްސިއަމް ކަރުނަގާ ކުދިކޮށް ކޮށާފައި
  • ލޮނުކޮޮޅެއް
  • ބަޓަރ ކޮޅެއް
  • ކުޑަ ގިިތެޔޮމިރުސް ކޮޅެއް ބޭނުމިއްޔާ

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާށެވެ. ދެން ކުޑަ ތެޔޮފޮދެއް އަޅާލާށެވެ. އަދި ހޫނުވީމާ ތެޔޮފޮދެއް އަޅާލާށެވެ.

ފިޔާ ،ކެޕްސިކަމް، ބެލްޕެޕަރ ލޮނުމެދާއި އެއްކޮށް އޮރެގާނޯ އަޅާލާށެވެ. އަދި މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ދާށެވެ.

ދެން އެބައި މޯޅިވުމުން އަސޭމިރުސް ކިއުބް ޕީލްޑް ޓޮމާޓޯ ޗިލީއެންޑް ގާރލިކް ސޯސް އެއްކޮށްލާށެވެ. އަދި ރަހަ ނިކުންނަ ވަރަށް ކެކުމުން އުނދުން މަތިން ބާލާށެވެ.

އެއަށްފަހު، ޕިއްޒާ ބްރެޑް މަތީގައި ބަޓަރު ކޮޅެއް ހާކާފައި ހަނާކުރި ބައި ފަތުރާލާށެވެ. އަދި މަތީގައި ފޮތިކޮށްފައި ހުރި އޮލިވްސް އަތުރާލުމަށްފަހު ފޮތިކޮށްފައި ހުރި ޓޮމާޓޯ ފަތުރާލާށެވެ. ދެން މަތީގައި ޗީޒް ފަތުރާލާށެވެ.

ދެން އަވަންގައި ޗީޒް ދިޔާވަންދެން ފިހެލާށެވެ.