18 އަހަރުނެ ދަށުގެ ސްކޫލު ކުދިންނަށް ހާއްސަ މެޑިކަލް ސްކްރީނިން ހެދެނޭ އިންތިޒާމު ހަމަޖައްސައިފި ކަމަށް އާސަންދައިން ވިދާޅުވެއްޖެއެވެ.

މިއަދު އާސަންދައިން ނެރުނު ނޫސްބަޔާޏެއްގައި އެ ކުންފުނިން ވިދާޅުވެފައިވަނީ 1 އޭޕްރީލް 2024 އުމުރުން 35 މެޑިކަލް ޗެކަޕް ހެދުމައް ބޭނުންވާ ޕެކޭޖް ތައާރަފް ކޯށްފައިވާ ކަމަށެވެ. މީގެއިތުރުން އެޑިއުކޭޝަން މިނިސްޓްރީއިން ކަނޑައަޅާ ގްރޭޑްތަކެއްގެ ސްކޫލް ކުދިން ހަދަން ޖެހޭ ޓެސްޓުތައްވެސް ހޮސޕިޓަލުތަށް މެދުވެރިކޮށް ހެދޭނެ އިންތިޒާމް އާސަންދަ ކުންފުނިން ހަމަޖައްސައިފި ކަމަށެވެ.

މީގެ ކުރިން 1 ޖެނުއަރީ 2024ގައި ތައާރަފް ކުރެވުނު މެޑިކަލް ޕެކޭޖުތަށް ތަންފީޒު ކުރުމަށް ދިމާވި ދަތިތަކާއި ގުޅިގެން މިހާރުވަނީ އެ ޕެކޭޖުތަކަށް ބަދަލު ގެނެވިފައެވެ. މިގޮތުން މިހާރުގެ ޕެކޭޖުތަށަ ވަނީ އުމުރުފުރާތަކަށް ބަހާލެވިފައެވެ. އަދި 19އަހަރުން މަތީ އުމުރުފުރާތަކަށް ހާއްސަ ކުރެވިފައިވާ އަސާސީ ޕެކޭޖުތަކަށް ވަނީ ބަދަލު ގެނެވިފައެވެ.

މިގޮތުން 1 އޭޕްރީލް އިން ފެށިގެން އިތުރު ކުރެވޭ ޕެކޭޖުތަކަކީ 35 އަހަރުން މަތީގެ ބޭފުޅުންނަށާއި 40 އަހަރުން މަތީގެ ބޭފުޅުންނަށް ކެންސަރު ބަލި ދުރާލާ ދެނެގަތުމަށްޓަކައި ހަދަން ޖެހޭ ޓެސްޓުތަށް ހަދައިދޭ ޕެކޭޖުތަކެކެވެ. ކެންސަރު ސްކްރީނިންގެ ޓެސްޓުތަކުގެ ތެރޭގައި ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާއިފައިވާ ޓެސްޓުތަށް ފިޔަވާ އެހެން ޓެސްޓުތަށް ސްކީމެއްގެ ތެރެއިން އަހަރަކު އެއް ފަހަރު ހެދޭނެ އެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ހަދަން ޖެހޭ ޓެސްޓުތަށްވެސް ޑޮކްޓަރެއްގެ ލަފަޔާއެކު ސްކީމްގެ ތެރެއިން ހެދޭނެއެވެ.