ސަރުކާރު ކުންފުނިތަށް މިދިޔަ ސަރުކާރުން ހުރީ ވަރަށް ބޮޑަށް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ދިވެރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ސީރީޒްގައި އާންމު ރައްޔިތަކު ކުންފުނި ތަކުގެ ދަރަންޏާއި މެދު ސުވާލު ކުރުމުންނެވެ. މި ސުވާލުގެ ޖަވާބުގައި ރައީސް ވިދަޅުވީ ކުރީ ސަރުކާރުން ވަނީ ސަރުކާރުގެ ކުންފުނިތަށް ވަރަށް ބޮޑަށް "މިސްޔޫސް" ކޮށްފައި ކަމަށެވެ. އަދި މދިޔަ ސަރުކާރުން އެ ކުންފުނިތަށް ބޭނުން ކޮށްފައިވަނީ ސިޔާސީ ބެނުންތަކުގައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ކުންފުނިތަކުގެ އުސޫލުތަކާއި ހިލާފަށް ކުންފުނިތަށް ބޭނުން ކުރުމުގެ ސަބަބުން ކުންފުނިތަށް ވަނީ ބަގުރޫޓުވެފައި ކަމަށެވެ. އަދި ބޮޑެތި ދެކުންފުންޏަކުން ފިޔަވާ ފައިދާއެއް ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާޏު ވިދާޅުވީ ކުނފުނި ތަކުގެ ލޯނުތަށް ދެއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެކަމަށް ހާއްސަ ބޭންކްތަކާއި ވާހަކަ ދައްކައިގެން އެ ކުންފުނިތަކަށް ލުޔެއް ނުވަތަ "ބްރީތިންގް ސްޕޭސް" އެއް ހޯދަދިނުމަށް މަސައްކަތް ކުރާ ކަމަށް އެނަިކުފާނުވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ދައްކަން ޖެހޭ ދަރަނިތަށް ދައްކާނެ ކަމަށް ވެސް ރައީސް ވިދާާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާޏު ސަރުކާރާއި ހަވާލުވި އިރު ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ހާލުގައި ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަށް ހަރުދަނާ ކުރުމަކީ އިގްތިސާދު ކުރިއެރުވުމުގެ އެންމެ މުހިއްމު އެއް ދާއިރާ ކަމަށެވެ.