ދުނިޔޭގެ ޑިމޮކްރެޓިކް އެހެން ގިނަ ޤައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައިވެސް ސަރުކާރުގެ ސިޔާސަތުތައް ފައިދާހުރި ގޮތުގައި ތަންފީޒުކޮށް، ހަމަޖެހޭ ވެރިކަމެއް ކަށަވަރު ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ކޮންމެހެން ބޭނުންވެއެވެ.

ސަރުކާރަށް ރައްޔިތުން މަޖިލީހުގެ އަޣުލަބިއްޔަތު ކޮންމެހެން ބޭނުންވާ ބައެއް ސަބަބުތަކުގެ ތެރޭގައި، ސަރުކާރަށް ބޭނުންވާ ޤާނޫނުތައް ފާސްކޮށް ޤާނޫނީ ބާރުވެރިކަން ރައްޔިތުންނަށް ގެނެސްދިނުމުގެ ފުރުޞަތު ލިބިގެންދިޔުން މުހިއްމެވެ. އަދި އަޣުލަބިއްޔަތު ނެތިއްޖެނަމަ ސަރުކާރުންބޭނުންވާ މުހިންމު ގާނޫނުތައް ފާސްކުރުމުގައި އުނދަގޫތަކެއް ކުރިމަތި ވުމާއި، އެއީ އެއްވެސް ކަހަލަ ޔަގީންކަމެއް ނެތް އަދި ވަގުތު ނަގާ ކަމެއް ކަމަށް ވުމުގެ އިތުރުން، އިދިކޮޅު ނުވަތަ މިނިވަން މެމްބަރުންގެ ތާއީދަށް ސަރުކާރުން ބަރޯސާވާން ޖެހޭނެ ކަމެކެވެ.

ހަމަ އެފަދައިން، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ސަރުކާރަކަށް އާންމުކޮށް އޮންނަނީ މަޖިލީހުގެ އިތުބާރެވެ. މި ހަމަޖެހުމަކީ ދިގުމުއްދަތުގެ ޕްލޭނިންގ އާއި ސިޔާސަތުތައް ތަންފީޒުކުރުމަށް ވަރަށް މުހިންމު ކަމެކެވެ. އަދި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ވެސް ކުރިން ލަފާކުރެވޭ މާހައުލެއް ވެސް ފަހިކޮށްދޭ ކަމެކެވެ.

ސަރުކާރުގެ ބަޖެޓާއި ފައިނޭންޝަލް ޕްލޭންތަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭއިރު އަޣުލަބިއްޔަތު އޮތުމުން، އިދިކޮޅު ފަރާތްތަކުން ހުރަސް އަޅައި، ޖެއްސުންކޮށް މިހާރުވެސް އަމަލު ކުރަމުންގެންދާ ގޮތަށް ސަރުކާރަށް ދަތިކުރާ ކުރުން ތަކުން ފަސޭހަވެ، ސަރުކާރުން ބޭނުންވާ ގޮތަށް ރައްޔިތުންނަށް ބޭނުންވާ މަޝްރޫޢުތައް ހިންގަން ފަސޭހަ ތަކެއް ލިބިގެން ދާނެކަން ކަށަވަރު ވެއެވެ.

ސަރުކާރުގެ މެނިފެސްޓޯއާއި ސިޔާސަތު އެޖެންޑާ ތަންފީޒުކުރުމަށްޓަކައި، އިދިކޮޅު ފަރާތްތަކުން މެދުނުކެނޑި ކުރަމުންދާ އުނދަގޫތަކާއި، ދިމާވާ ގޮންޖެހުންތަކާއި ވީޓޯތަކާ ކުރިމަތިލާން ނުޖެހި، ސަރުކާރުން ރޭވުންތައް ކުރިއަށް ގެންދެވޭނެ ފަސޭކަން ލިބިގެންދިޔުމުގެ އިތުރުން، ސިޔާސަތު އޮމާންކަމާއެކު ތަންފީޒު ކުރުމަށް މަގުފަހިވެގެންދެއެވެ.

ސަރުކާރަށް ރައްޔިތުން މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ، ސަރުކާރުން ހުށަހަޅާ ބިލްތަކާއި ހުށަހެޅުންތަކަށް މެދުނުކެނޑި ހުރަސްއެޅި ނުވަތަ ލަސްވެ، ސަރުކާރަށް ފައިދާހުރި ގޮތެއްގައި ވެރިކަން ކުރުމުގެ ޤާބިލުކަމަށް ހުރަސްއެޅި ޤާނޫނު ހަދާ މަޖިލީހުގެ ގްރިޑްލޮކްގެ ނުރައްކާ ބޮޑުވެގެން ދާނެކަން ޔަގީނެވެ. އެހެން ކަމުން، މަޖިލީހުގެ އަޣުލަބިއްޔަތު ވެގެންދާނީ އިންތިޚާބީ ކެމްޕޭން ތެރޭގައި ވެފައިވާ ވައުދުތައް ތަންފީޒު ކުރުމުގެ ބާރު ސަރުކާރަށް ލިބިދިނުމާއި،އިންތިޚާބީ ދާއިރާގެ މެންޑޭޓެއްގެ ގޮތުގައި ވެގެންދިޔުމެވެ. އެއީ ސަރުކާރާއި އެ ސަރުކާރެއްގެ ސިޔާސަތުތައް ގާއިމްކުރުމަށް ދިވެހީންގެ އިހުތިޔާރު ދައްކުވައިދޭ ކަމެކެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ސަރުކާރަކުންވެސް ބައިނަލްއަޤްވާމީ ބައިވެރިންނާއި އިންވެސްޓަރުންގެ މެދުގައި އިތުބާރު އުފެދިދާނެ ކަމަށާއި، މިއީ ޚާރިޖީ ގުޅުންތަކާއި އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަމެކެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ދިވެހިރާއްޖޭގެ ސަރުކާރު ފައިދާހުރި ގޮތެއްގައި ހިންގުމަށާއި، ހަމަޖެހުން ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ ވަޢުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތަކީ ވަރަށް މުހިންމުކަމެކެވެ. ސަރުކާރުގެ ތަސައްވުރާއި ރޭވުންތައް ހުރަހެއް ނެތި ހަގީގަތަކަށް ހެދުމަށް ވަރަށް ބޮޑަށް އެހީތެރި ކަން ލިބިގެންދާނެއެވެ. އެހެން ކަމުން ރައްޔިތުން މަޖިލީހުގެ އައުލަބިއްޔަތަކީ، ރައްޔިތުންނަށް ފައިދާ ހުރި މަޝްރޫޢުތައް ހިންގުމަށް ސަރުކާރަށް ވަރައް މުހިއްމު އެއްޗެކެވެ.