- ބޭނުންވާ ތަކެތި:

  • 400 ގ. މިންސްޑް ބީފް
  • 2 ޓޮމާޓޯ ކުދިކޮށް ކޮށާފައި
  • 2 ފިޔާ ކޮށާފައި
  • 1 ޖޯޑު ހިމުންކޮށް ކޮށާފައި ހުރި ބެލްޕެޕަރ
  • 1 ޖޯޑު ސްވީޓް ކޯން
  • 3/1 ސައި ސަމުސާ މުގުރި އަސޭމިރުސް
  • 1 ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި
  • ލޮނުކޮޅެއް
  • ތެޔޮފޮދެއް

- ޕިޓާ ބްރެޑް އަށް ބޭނުންވާ ސާމާނުތައް:

  • 500 ގ. ފުށް
  • 50 ގ. ބަޓަރ
  • 10 ގ. ހިކިކިރު
  • 10 ގ. ހަކުރު
  • 8 ގ ލޮނު
  • 8 ގ. އީސްޓް
  • 2 ބިސް
  • ފެން

ތައްޔާރުނެ ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފުށް ބޯލް އެޅުމަށްފަހު ފުށްގަނޑަށް ބޭނުންވާ ސާމާނުތައް އެއްކޮށްފައި ރަނގަޅަށް މޮޑެލާށެވެ. ދެން ފުށް ގަނޑުން ގުޅަ ގުޅަ ކަނޑާފައި ރޮށިދަމާވަރަށް ވުރެ ކުޑަކޮށް ބޯކޮށް ދަމާފައި މޭޒުމަތީ އަތުރާފައި މަތި ކަވަރ ކޮށްފައި 30 މިނިޓް ބަހައްޓާށެވެ.

އެއަށްފަހު، ތަވާ އުނދުން މައްޗަށް އުދާލާށެވެ. އަދި ކުޑަތެޔޮފޮދެއް އަޅާލާށެވެ. ދެން ހޫނުވީމާ ފިޔާ ކޮޅު އަޅާލާށެވެ .

ފިޔާކޮޅު މޯޅިވެލުމުން ޕެޕްރިކާ، އޮރެގާނޯ، ލޮނު. .އަސޭމިރުސް އަދި ޓޮމާޓޯ ބެލްޕެޕަރ ވެސް އެއްކޮށްލާށެވެ. އަދި މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ކައްކާލާށެވެ.

އެއަށްފަހުން ބީފް އަދި ސްވީޓް ކޯން ވެސް އެއްކޮށްފައި ރަހަހިފާ ވަރަށް ހަނާވީމާ އުނދުން މަތިން ބާލާށެވެ.

- އިތުރަށް ބޭނުންވާ ބައެއް ސާމާނުތައް:

  • 1 ކިއުކަމްބާ ތޮށިމަށާ ކޮށާފައި
  • 3 ލެޓިއުސް ފަތް ކޮށާފައި
  • 2 ޓޮމާޓޯ ކޮށާފައި
  • 1 ފިޔާ ކޮށާފައި
  • ކުޑަ ލޮނުކޮޅެއް

ސޯސްތައް:

  • މޮޒެރެލާ ޗީޒް
  • ޓޮމާޓޯ ކެޗަޕް
  • މެޔޮނައިސް

ދެން ތަވާ ދޮންކޮށްގެން ރޮށި ކުޑަކޮށް ދެބައި ކުޅަ އެއްބަޔަށް ރޯފިލާވަރަށް ފިހެލާށެވެ. ކޮންމެ ރޮށްޓެއްގައ މެޔޮނައިސް ކޮޅެއް ރޮނގެއް ގޮތަށް އަޅާފައި ޓޮމާޓޯ ސޯސް ކޮޅެއް ވެސް އަޅާލާށެވެ.

އޭގެ ފަހުން އިތުރަށް ބޭނުންވާ ސާމާނުތައް އެއްކޮށް މިކްސް ކޮށްފައި އެއިން އެތިކޮޅެއް ވެސް އަޅާލާށެވެ .އަދި ހަނާކުރި މަސް ކޮޅުންވެސް އެތިކޮޅެއް އަޅާލުމަށްފަހު ޗީޒްކޮޅެއް ވިއްސާލާފައި ރޮށިފަށް ޖަހާލާށެވެ.

ދެން ޓްރޭ އެއްގައި އަތުރާލާފައި އަވަނުން ރޮށީގެ ތަން ތަންކޮޅަށް މަޑު މުށި ކުލަ އަރާ ވަރަށް ފިހެލާށެވެ. އަދި ކުޅިކޮށް ކާން ބޭނުން ނެތިއްޔާ މިރުސް ނުލާ މަސްގަނޑު ހަނާކޮށްލާށެވެ.