ލިޔުނީ: އަޒްހީން

ސޫރިޔާގައި ހުންނަ އީރާނުގެ ޑިޕްލޮމެޓިކް ފެސިލިޓީއަކަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން ރަޝިޔާއިން އެދުނު ގޮތަށް އ.ދ. ގެ ސަލާމަތީ މަޖިލީހުން ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ރަޝިޔާއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ފުރަތަމަ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ޑިމިޓްރީ ޕޮލިއަންސްކީ ވިދާޅުވެއްޖެއެވެ.

"ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން މިއަދު ދިން ވައިގެ ހަމަލާއަށް ފަހު އީރާނުގެ ރައްޔިތުން ވަނީ އ.ދ. ގެ ސަލާމަތީ މަޖިލީހަށް މި ފިޔަވަޅު ކުށްވެރިކުރަން އަންގާފައިއެވެ. އެބޭފުޅުންގެ ސިޓީއާ ގުޅިގެން، އ.ދ. ގެ ސަލާމަތީ މަޖިލީހުގެ އޯޕަން ބްރީފިންއަކަށް އަޅުގަނޑުމެން ވަނީ އެދިފައެވެ. މި ބައްދަލުވުން މޯލްޓާގެ ރައީސް ވަނީ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ނިއުޔޯކް ގަޑިން މެންދުރު ފަހު 3:00 އަށް (ރާއްޖެ ގަޑިން ރޭގަނޑު 10:00) ތާވަލުކޮށްފައި،" ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ޑިމިޓްރީ ވަނީ ވިދާޅުވެފައިއެވެ.