މިހާރު އަމަލުކުރަމުންދާ ބަޖެޓު ފާސްކުރީ މިސަރުކާރުގެ ފަރާތުންނެއް ނޫން ކަމަށާއި އޭރު އެތަނުގައި މިސަރުކާރުގެ ދެތިން މެންބަރުންނެއް ނޫނީ ނެތް ކަމަށް ރައީސުލްޖުމުހޫރިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ހިޔާ ޕާކު ސަރަހައްދުގައި އާއްމުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިތުރަށް ވިދާޅުވީ މިހާރު މެޖޯރިޓީ އޮތް މަޖިލިހުން އެމްޑީޕީގެ އޭރުގެ ސަރުކާރުގެ މިނިސްޓަރު ހުށަހަޅުއްވައިގެން ދިން ފުރުސަތުގައި އެމަނިކުފާނު ވެވަޑަައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި ހިމެނުއްވި މަޝްރޫއުތައް، އެބޭފުޅުން ބޭނުންވެލެއްވި ގޮތަށް ކޮށާމަށާފައި ނިންމި ގޮތަކަށް ނިންމައިގެން ފާސްކުރި ބަޖެޓަކުން އައީ މަސައްކަތްކުރަމުން ކަމަށެވެ.

މީގެއިތުރުން މަޖިލިހުގެ ދައުރުގެ މުހިންމުކަން ބާރުގަދަކަން ފާހަގަވާނެ ކަމަށާއި ތަރައްގީ ހާސިލުކުރުމަށް އެތަނަކާނުލައި ތަރައްގީ ނުގެނެސްދެވޭނެ ތަނެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ދައުލަތުގެ މާލިއްޔަތަށް ލިބޭ އާމްދަނީންކަމުގައި ވިޔަސް، ބޭރުންނަގާ ލޯނަކުން ކުރާ މަސައްކަތެއްކަމުގައި ވިޔަސް، ހިލޭހޯދާ އެހީއަކުން ކުރާ ކަމަކަށް ވިޔަސް ބަޖެޓުގައި ހިމަނައިގެންނޫނިއްޔާ އެކަމެއް ނުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް ބަޖެޓު ފާސްކުރާ ތަނުގައި ތިބީ ވީވައުދުތައް ފުއްދުމަށް އެހީތެރިކަން ދޭނެ ބޭފުޅުން ނޫންކަމަށްވާނަމަ މިހާރު އޮތް ބަޖެޓު ހަދާފައި އޮތްގޮތަށް ނުވަތަ އެއަށްވުރެވެސް އުދަނގޫދަތި ގޮތްގޮތަށް ކުރިއަށް އޮތް އަހަރުތަކުގެ ބަޖެޓު ފާސްކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ތަރައްގީ ހާސިލުކުރުމުގައިވެސް ރައްޔިތުންނަށްޓަކައި ކުރަން ހުރި ކަންކަމުގައި މަޖިލިސް މުހިންމުވަނީ ސަބަބަކީ އެއީ ކަމަށާއި އަދިވެސް މުހިންމު ގިނަ ސަބަބުތަކާ ހެދި މިހާރުގެ ސަރުކާރުގެ ފަރާތުން ކުރިމަތިލައްވާފައި 93 ކެންޑިޑޭޓުން އެބަތިއްބަވާއެބޭފުޅުން ހޮއްވެވުމުގައި ކުރިންވެސް އިޝާރާތް ކުރި އަމިއްލަ މަސްލަހަތާއި އެއްވެސް ކަހަލަ އެހެން ހުރިހާ އެޖެންޑާއެއް ދޫކޮށްލައްވައި، ގައުމު އިސްކުރައްވައި ދަރިންގެ މުސްތަގުބަލް އިސްކުރައްވާ އެ މަސައްކަތަށް އެއްބާރުލުން ދެއްވުވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

އަދި އެއްބާރުލެއްވުމެއްގެ ގޮތުން ސަރުކާރުގެ ކެންޑިޑޭޓުން ހޮއްވަވައިދެއްވުމަށްވެސް ވަރަށް އިހުލާސްތެރިކަމާއެކު ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.