ބޭނުންވާތަކެތި:

  • 150 ގ. ބަޓަރ ދިޔާކޮށްފައި ހުރި
  • 850 ގ. ފުށް
  • 2 ބިސް
  • 100 ގ. ހަކުރު
  • 10 ގ. ލޮނު

ކަމީރު ތައްޔާރު ކުރުމަށް:

  • 2 ޖޯޑު ދިޔާކިރު
  • 20 ގ. ހަކުރު
  • 4 ސައި ސަމުސާ ޑްރައި އެކްޓިވް އީސްޓް

ތައްޔާރުކުރާނެގޮތް:

ކަމީރު ގަނޑު (އީސްޓް) ތައްޔާރު ކުރަންބޭނުންވާ 3 ބައި އެއްކޮށް ސަމުސަލަކުން ގިރާފައި 10 މިނިޓް ވަންދެން ( ބޮކިއަރާ ފޮނު އަރަންދެން ބަހައްޓާށެވެ.

ދެން ފުށް ވަކިން އެތެރެފުން ފުށް މޮޑޭ އެއްޗަކަށް އަޅާފައި ލޮނު އަދި ހަކުރު އެއްކޮށްފަައި ވިސްކުން އެއްކޮށްލާށެވެ. އަދި ބިހާއި ދިޔާ ބަޓަރު ވެސް އެއްކޮށްލާށެވެ.

އެއަށްފަހު ގިރާފައި ހުރި އީސްޓް ރަނގަޅަށް އެއްކޮށްފައި ފުށްގަނޑު ރަނގަޅަށް އޮމާން ވަންދެން މޮޑޭށެވެ. އަދި ފުށްގަނޑު އޮމާންކޮށްފައި މަތި ބަންދުކޮށްފައި 1 ގަޑިއިރުވަންދެން ވަންދެން ބާއްވާށެވެ. އަދި ފުށްގަނޑު ބައިބައިކޮށްގެން ދިގުކޮށް ޕާން ޝޭޕަށް ފުށްގަނޑު ހަދާފައި ޕާންފިހޭ ޓްރޭތަކުގައި ބޭކިންގ ޕޭޕަރ އަޅާފައި ފުށްގަނޑު ތައް ބަހައްޓާށެވެ

މިގޮތަށް ވަށް ބަނަސް ނުވަތަ ދިގު ބަނަސްވެސް ހެދިދާނެއެވެ.

ދެން ޓްރޭގައި އަތުރާފައި މަތި ކަވަރ ކޮށްފައި 30 މިނިޓް ފުފިލަންދެން ބަހައްޓާށެވެ.

އަދި 2 ބިހާއި 2 މޭޒުމަތީ ސަމުސާ ކިރު އެއްކޮށްފައި ގިރާލުމަށްފަހު ޕޭސްޓްރީ ބްރަޝް އަކުންޕާން ނުވާތަ ބަނަސް ތައް މަތީގަ ހާކާލާށެވެ. ދެން އަވަންގެ ހޫނުމިން 180 ޑިގްރީގައި ބަހައްޓައިގެން 18 ނުވަތަ 20 މިނިޓް ފިހެލާށެވެ.

މި ބަނަސް ފުށްގަނޑުވެސް ވަރަށް ގިނަގޮތް ގޮތަށް ތައްޔާރު ކުރެއެވެ.