ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުޅުމާލޭގެ މެދު ދާއިރާގެ ރައްޔިތުނާއި ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.

ރައީސް މުއިއްޒު ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވަން ހަމަޖެހިފައިވަނީ މިއަދު މެނދުރު 13:15ގައެވެ. ރައީސް މިއަދު މެންދުރު ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވާނީ އުމަރު ބުން ހައްތާބު މިސްކިތުގެ ކުރިމަތީ ސަރައްހަދުގައެވެ.

ރައީސް މުއިއްޒުވަނީ ރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުނަންނާއި ވެސް ބައްދަލު ކުރައްވާފައެވެ.