މިދިޔަ ސަރުކާރުން 9000 މިލިޔަން ރުފިޔާގެ ފައިސާ ހުރީ ކުންފިތަކަށް ނުދީކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު މިހެން ވިދާޅުވީ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ. މި ވާހަކައިގައި ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން 9000 މިލިޔަން ރުފިޔާގެ ފައިސާ ކުންފުނިތަކަށް ނުދީ ހުރުމުގެ ސަބަބުން ގިނަ މަޝްރޫއު ތަކަކަށް ހުއްޓުން އައިސްފައިވާ ކަމަށެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ 27 މަޝްރޫއު ވަނީ މިދިޔަ ސަރުކާރު ނިމުނުއިރު ހުއްޓިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރަޢިސް ވިދާޅުވި ގޮތުގައި މިހާރު ހުއްޓިފައި ހުރި މަޝްރޫއުތަށް ވަނީ ކުންފުނި ތަކަށް ދޭން ޖެހޭ ފައިސާ ދީގެން އެ މަޝްރޫއު ތަށް އަލުން ފަށްޓާފައި ކަމަށެވެ. މިގޮތުން މިވަގުތު ރާއްޖޭގައި ފެނާއި ނަރުދަމާގެ 74 މަޝްރޫއު ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.