ތައިވާނަށް ކުރިމަތިވި ބިންހެލުމެއްގައި 700 އަށްވުރެގިނަ މީހުން ޒަހަމް ވެއްޖެއެވެ.

މިއަދު ހެނދުނު 7:52 ގައި ތައިވާނުގެ ހުއޭލިއަން ކައުންޓީއަށް ވަނީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަރާފައެވެ. މި ބިންހެލުމުގައި ތައިވާނުގެ 7 މީހުން މަރުވެފައިވާ އިރު، 77 މީހުންވަނީ އެކި ތަންތަނުގައި ނުނިކުމެވޭ ގޮތަށް ތާށިވެފައެވެ. އަދި 700 އަށް ވުރެގިނަ މީހުން ވަނީ ޒަހަމްވެފައެވެ. ތައިވާނުގެ ފަޔަރ ފައިޓަރުން މައުލޫމާތު ދޭގޮތުގައި ތާޗިވެފައި ތިބި 77 މީހުންގެ ތެރެއިން ގާތްގަނޑަކަށް 60 މީހުންނަކީ ހުއޭލިއަން ކައުންޓީގެ އުތުރުގައި ހުރި ބިންގަރާހެއްގައި ތާޝިވެފައި ތިބި މީހުންނެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭ އަކުން ދައްކާ ގޮތުގައި މިއީ ތައިވާނު ފާއިތުވި 25 އަހަރުގެ ތެރޭގައި އރި އެންމެ ބޮޑު ބިންހެލުމެވެ.