ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޕީއެންސީ ގއ.ވިލިނގިލި ދާއިރާ ޖަގަހައަށް މިރޭ ވަޑައިގަންނަވާނެއެވެ.

ހުޅުމާލޭގައި ހުޅުވާފައިވާ ވިލިނގިލި ދާއިރާ ޖަގަހައަށް ރައީސް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މިރޭ 23:00 ގައެވެ. އޭގެ ކުރިން މިރޭ 21:30ގައި މާފަންނު ދެކުނު ދާއިރާ ޖަގަހައަށް ވެސް ރައީސް ވަޑައިގަންނަވާނެއެވެ، މިއަދު މެންދުރު ރައީސް ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައިވާ އިރު، ރޭ ރައީސް ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް އެދިވަޑައިގެންފައެވެ.