ބޭނުންވާތަކެތި:
- 60 ގ. ބަޓަރ
- 2 / 3 ޖޯޑުފެން
- 2 /1 ޖޯޑު ފުށް
- 2 ބިސް ( ގިރާފައި)
- 4/3 ޖޯޑު އައިސިން ނުވަތަ ބަޓަރ އައިސިންގ
އައިސިންގއަށް ބޭނުންވާ ތަކެތި:
- 150 ގ. ޑާރކް ޗޮކޮލެޓް
- 15 ގ. ބަޓަރ
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާފައި ބަޓަރކޮޅު އަޅާފައި ފެންފޮދުވެސް އަޅާފައި ކެކެންދެން ކައްކާށެވެ. ދެން ބާލާފައި ފުށްއެއާއި އެއްކޮށްފައި ރަނގަޅަށް މިކްސްކޮށްލާށެވެ. އަދި ކުޑަކޮށް ހިހޫވީމާ ފަހަރަކު ބިހެއް އަޅަމުން އެއްކުރަމުން ދާށެވެ. ދެން ރަނގަޅަށް އެއްވުމުން ޓްރޭގައި ބަޓަރުހާކާލާށެވެ.
އެއަށްފަހު ފުށްގަނޑު އައިސިންގ ބޭގަކަށް އަޅާފައި އާދައިގެ ނޮޒްލް އެއްޖެހުމަށްފަހު ދިގު ހިމަކޮށް 2 އިންޗީގެ ދިގުމިނަށް ޓްރޭއަށް އަޅާފައި ބަހައްޓާށެވެ. އަދި ކްރީމްކޮޅު ނުވަތަ ބަޓަރ އައިސިންގ ކޮޅު ބޭގަކަށް އަޅާފައި ކޮންމެ އިކްލިއަރޒް އެއްގެ އެތެރެއަށް އަޅާށެވެ.
ދެން ޗޮކޮލެޓްކޮޅާއި ބަޓަރ އެއްކޮށް ހޫނުކޮށް ގެން ދިޔާކޮށްފައި ކޮންމެ އިކްލިއަރޒް އެއްގެ މަތީގައި އެތިކޮޅެއް ހާކާށެވެ.