ނައިފަރަކީ ޕީއެންސީގެ ވަރަށް ވަރުގަދަ ރަށެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ވިލިނގިލީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު ޔަޒްމީދު އަހުމަދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ނައިފަރު ދާއިރާގައި ޕީއެންސީގެ ކެނޑިޑޭޓަކީ ހައްސާނު އަލީފުޅު (ބާސް) ކަމަށެވެ. އަދި ބާސްއަށް އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތް ކަމަށެވެ. ނަމަވެސް ނައިފަރުން ޕީއެންސީގެ ތެރެއިން ނިކުމެ ވަޑައިގަތް މަސައްކަތް ކުރުމުން ނައިފަރުގެ ގޮނޑި އެމްޑީޕީއަށް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ އެހެން ނަހައްދަވަން ނައިފަރު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ނައިފަރުގައި އެތަށް މަސައްކަތެއް ކުރަން އެބަހުރި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެރަށުގައި އޮތް ގޮނޑި މިހާރު އޮތްގޮތުން އެމްޑީޕީއަށް ދިޔުމަކީ އެކަށިގެންވާ ކަމެއް ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ރައީސް މިވާހަކަ ފާހަގަ ކުރެއްވީ ފަހަރެއްގައި ނައިފަރަށް ވަޑައިގަންނަވަން ވަގުތު ނުލިބިދާނެތީއެވެ.