ލިޔުނީ: އަޒްހީން

ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 4.3 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފައިސާ ދެއްކުމުގެ ކަންކަން ފަސޭހަ ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެ ހޯލުގައި އޮންލައިން ޕްލެޓްފޯމްތަކާއި ހިދުމަތްތައް ހިމެނޭ ގޮތަށް ތަފާތު އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ. ގިނަ ފަރާތްތަކުން ހަނޑުލުގެ ގޮތުގައި ފައިސާ ދެއްކުމަށް ޚިޔާރުކޮށްފައިވާއިރު، އެކި ބާވަތްތަކުގެ ހަނޑުލުން 63،389 މީހުން ޒަކާތް ދައްކާފައިވެއެވެ. މީގެ އިތުރުން 14،567 މީހުން އާދައިގެ ބާސްމަތީ ހަނޑޫ އިޚްތިޔާރުކޮށްފައިވާއިރު، 10،779 މީހުން ވަނީ ސުޕަ ޕްރިމިއަމް ބާސްމަތީ ހަނޑޫ އިޚްތިޔާރުކޮށްފައެވެ. އަދި ކާބޯތަކެތީގެ ބާވަތްތައް ކަމުގައިވާ ގޮދަން ފުއް ފަދަ ބާވަތްތަކުންވެސް ޒަކާތް ދައްކާފައިވެއެވެ.

ހުރިހާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ފިތުރު ޒަކާތަކީ ރަމަޟާން މަހަށްފަހު ހާލުގައި ޖެހިފައިވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެއްޗެކެވެ. ހިޖުރައިން ދެވަނަ އަހަރު ލާޒިމްކޮށްފައިވާ މި އުޞޫލަކީ ވަކި ޝަރުޠުތަކެއް ފުރިހަމަވާ ނަމަ، އުމުރަކަށް ނުވަތަ ދަރަޖައަކަށް ބެލުމެއްނެތި، ހުރިހާ މުސްލިމް މުޖުތަމަޢުގެ މެންބަރުންނަށް ވެސް ލާޒިމުވާ ކަމެކެވެ.

ރާއްޖޭގައި ޒަކާތުގެ ކަންކަން ބަލަހައްޓަމުން އަންނަ މޯލްޑިވްސް ޒަކާތު ހައުސް އުފައްދާފައި ވަނީ އާންމުން ހޭލުންތެރިކުރުވައި ޒަކާތުގެ ފައިސާ ނެގުމަށެވެ.