ބޭނުންވާ ތަކެތި:

- މަސްގަނޑަށް ބޭނުންވާ ތަކެތި:

  • 2 ދަޅު މަސް
  • 8 ބިސް ފެނުކެއްކި ކޮންމެ ބިހެއް 4 ފަޅިއަށް ދިގަށް ފަޅި ކޮށްފައި
  • 1 ފަޅި ގިތެޔޮ މިރުސް ހިމުން ކޮށާފައި ހުރި
  • 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • 2 ހިކަނދިފަތް
  • 2 މޭޒުމަތީ ސަމުސާ ލުނބޯހުތް
  • 1/3 ސައި ސަމުސާ ރީނދޫ
  • 3/1 ސައި ސަމުސާ މުގުރި އަސޭމިރުސް
  • 1 މޭޒުމަތީ ސަމުސާ ހަނާކޮށް މުގުރާފައި ހުރި ހިކިމިރުސް
  • 2 ފިޔާ ހިމުންކޮށް ކޮށާފައިސައި ސަމުސާ އިނގުރު ޕޭސްޓް
  • 3 ލޮނުމެދު ގާނާފައި
  • 1 ޗިކަން ކިއުބް
  • ލޮނުކޮޅެއް

- ފުށްގަނޑަށް:

  • 400 ގ. ފުށް
  • 1 ސައި ސަމުސާ ބައި ހަކުރު
  • 2 ބިސް ގިރާފައި
  • 4/1 ސައި ސަމުސާ ލޮނު

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮފޮދެއް އަޅާލާށެވެ. ހޫނުވީމާ ފިޔާ، ހިކަނދިފަތް ،ލޮނުމެދު ،މިރުސް ކޮޅު އަޅާލާށެވެ.އަދި މަސްކޮޅުވެސް އިނގުރު ކޮޅުވެސް އެއްކޮށްލާ ހުތްފޮދުވެސް އެއްކޮށްލާށެވެ. އަދި ލޮނުކޮޅެއްވެސް އެއްކޮށްލާށެވެ.

ދެން މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ދާށެވެ. އަދި ކިއުބް ،އަސޭމިރުސް، ރީނދޫ، ޓޮމާޓޯ ވެސް އެއްކޮށްލާށެވެ .ރޯފިލާ ރަހަ ހިފާވަރަށް ހަނާވުމުން އުނދުންމަތިން ބާލާށެވެ. އަދި ހަަނާކުރި ބައިގެތެރެއިން ހިކަނދިފަތްކޮޅުވަކިން ހޮވާލާށެވެ.

ދެން ފުށްގަނޑު ފުން ތަށްޓަކަށް އަޅާލުމަށްފަގައި ހަކުރު ،ތެޔޮ ،ލޮނު ،ބިސް އެއްކޮށްފައި ފުށްގަނޑު މޮޑެލާށެވެ. އަދި ރޮށިދަމާފައި ހަތަރެސްކަނަށް ފުށްކޮޅުތަށް ކަފާލާށެވެ.

ދެން ހަަނާކުރި މަސްގަނޑުން އެތިކޮޅެއް ފުށްކޮޅު ތަކަށް ލާފައި ކޮށްމެއް ބިސްކޮޅެއްލާފައި ދެކޮޅުން ކައްޗަށް ލަންބާފައި ހަރުކޮށްލާށެވެ. އެއަށްފަހު ޕަފްތައް މަތީގައި ޕޭސްރީ ބްރަޝް އަކުން ބިސް ފޮދެއް ގިރާފައި ހާކާލާށެވެ. ދެން ޓްރޭގައި އަތުރާލާފައި މަޑު މުށިކުލަ އަރާވަރަށް އަވަނުން ފިހެލާށެވެ.

މި އެގް ޕަފްވެސް 4-5 ގޮތަކަށް ތައްޔާރު ކުރެއެވެ.