ރައީސް އޮފީސް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް. އޯކިޑް މަގުގައި ހުންނަ ހިލާލީ ގެއަށް ބަދަލުވެ ވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، ނައިބު ރައީސް ހިލާލީ ގެއަށް ބަދަލުވެވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.

މީގެކުރިން ނައިބު ރައީސް ހިލާލީގެއަށް އަށް ބަދަލުވެ ވަޑައިގެންފައި ނުވަނީ އެގެކޮޅުގެ ބައެއް މަރާމާތުތައް ކުރަން ހުރުމުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މީގެއިތުރުން ހިލާލީގެ އަށް ބަދަލުވެވަޑައިގަތުމުގެ ކުރިން ނައިބު ރައީސް އާއި އެ މަނިކުފާނުގެ އާއިލާ ދިރިއުޅުއްވީ މެމްބަރުކަމުގައި ހުންނެވި ދުވަސްވަރު ވެސް އުޅުއްވި ގޭގައެވެ.

އެމަނިކުފާނު ހިލާލީގެއަށް ބަދަލުވެވަޑައިގެންނެވިފައި މިވަނީ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ހަތަރު މަސް ދުވަސްވާން ކައިރިވެފައިވަނިކޮށެވެ.