"ހިޔާ" މަޝްރޫއުގެ ކެޓަގަރީތަކުގެ ވަގުތީ ލިސްޓުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ލިޔުމުން ޖަވާބު ލިބިފައި ނުވާ ފަރާތްތަކުން، އެކަން އެންގުމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން އެދިވަޑައިގެންފފިއެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ކުރި އިއުލާނެއްގައި ވިދާޅުފައިވަނީ، ވަގުތީ ލިސްޓުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި ހުށަހަޅުއްވާފައިވާ ހުރިހާ ޝަކުވާތަކެއް ދިރާސާކޮށްފައިވާ ކަމަށެވެ.

ހުރިހާ ޝަކުވާއެއްގެ ޖަވާބު ލިޔުމުން، ޝަކުވާ ހުށަހެޅި ފަރާތްތަކުން ދީފައިވާ އީމެއިލް އެޑްރެސްއަށް އީމެއިލްކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ދީފައިވާ އީމެއިލް އެޑްރެސްއަށް ފޮނުވާ އީމެއިލް ޑެލިވަރނުވާކަން ކޮމިޓީގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ލިޔުމުން ޖަވާބު ލިބިފައިނުވާ ފަރާތްތަކުން، އެ ކަން އެންގެވުމަށް ކޮމިޓީން ވަނީ އެދިފައެވެ. އެގޮތުން އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު، 2021 ފެބްރުވަރީ 8 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން 7761108 ނުވަތަ 7226016 އަށް އެސް.އެމްއެސް. މެދުވެރިކޮށް އެންގުމަށް ފްލެޓް ކޮމިޓީންވަނީ އެދިފައެވެ.