އިޒްޜޭލުގެ ސިފައިން ޣައްޒާގެ އެކިސަރަހައްދުތަކަށް ބޮން އެޅުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 33،000 އަށް އަރައިފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީއިން ނެރެފައިވާ ރިޕޯޓުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ އަނިޔާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން ޝަހީދުވި މީހުންގެ އަދަދު ވަނީ 33،000 އަށް އަރާފައެވެ. އަދި މިހަމަލާތަކުގައި 75,750 މީހުންނަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް މަދުވެގެން 54 މީހުން ވަނީ ޝަހިދުކޮށްލައިފައެވެ. އަދި 80 މީހުން ވަނީ ޒަހަމްވެފައެވެ.

ޝަހީދުވި މީހުންގެ 70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.