އެމެރިކާއިން އިރާނުން ދީފާނެ ހަމަލާއަކަށް ތައްޔާރު ވަމުން އަންނަ ކަމަށް ސީއެންއެންއިން ރިޕޯޓު ކޮށްފިއެވެ.
އެމެރިކާ އޮތީ ހައި އެލާޓްގައި ކަމަށާއި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އީރާނުން އެ ސަރަހައްދުގައި ހުރި އިޒްރޭލުގެ ނުވަތަ އެމެރިކާގެ އެސެޓްތަކަށް އަމާޒުކޮށްގެން އަންނަ ހަމަލާއަކަށް ހީވާގިކަމާއެކު ތައްޔާރުވަމުން އަންނަ ކަމަށް ސީއެންއެން އިން އެމެރިކާއިގެ އިސް އޮފިޝަލުންނާއި ހަވާލާދީ ވިދާޅުވިއެވެ.
އެމެރިކާގެ އިސް އޮފިޝަލުން މިވަގުތު ގަބޫލުކުރާ ގޮތުގައި އީރާނުން ހަމަލާ ދިނުމަކީ ޔަގީންވެފައިވާ ކަމެކެވެ. އީރާނުގެ ހަމަލާ ތަފާތު އެތައް ގޮތަކުން ފެނިދާނެ ކަމަށް އަދި އެމެރިކާއާއި އިސްރާއީލުގެ އެސެޓްތަކާއި މުވައްޒަފުންނަށް ހަމަލާތަށް އަމާޒުވުމުގެ ނުރައްކާ އޮތް ކަމަށް ލަފާކުރެވޭ ކަމަށް އެމެރިކާގެ އިސް އޮފިޝަލުން ވިދާޅުވިއެވެ. އަދި މިވަގުތު އިޒްރޭލާއި އެމެރިކާގެ ސަރުކާރުން ދަނީ ހީވާގި ހައިއ އެލާޓުގައި އިރާނުން ދީފާނެ ހަމަލާއަކަށް ތައްޔާރު ވަމުންނެވެ.
ކުރިއަށް އޮތް އީރާނުގެ ހަމަލާއަކީ ބުރާސްފަތި ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ރައީސް ޖޯ ބައިޑަން ކުރެއްވި މަޝްވަރާގެ ބޮޑު މައުޟޫއެކެވެ.