- ސޯސް ގަނޑަށް ބޭނުންވާ ތަކެތި:
- 3 ފޮތި ސްލައިސް ޗީޒް
- 1 ފިޔާ ގާނާފައި
- 2 ލޮނުމެދު ގާނާފައި
- 1 ލުނބޯގެ ޖޫސް
- 1 ބިސް
- 1 މޭޒުމަތީސަމުސާ ކޯންއޮއިލް
- 1/2 ޖޯޑު މެޔޮނައިސް
- ލޮނުކޮޅެއް
- އަސޭމިރުސް ކޮޅެއް
- ސޯސް އަށް ބޭނުންވާ ތަކެތި:
- ރަނގަޅަށް އޮމާން ވާވަރަށް ގިރާފައި ލޮނުކޮޅަކާއި ރަހަދޭވަރަށް އަސޭމިރުސް ކޮޅެއް އެއްކޮށް ގިރާފައި ބަހައްޓާށެވެ.
- 3 ދިގު ބަނަސް
- މަސްގަނޑަށް ބޭނުންވާ:
- 2 ޖޯޑު ކުދިކޮށް ކޮށާފައިހުރި ސޮސެޖް
- 1 ފިޔާ (ހިމުންކޮށް ކޮށާފައިހުރި)
- 2 ލޮނުމެދު ގާނާފައި
- 2 ކެޕްސިކަމް (ހިމުންކޮށް ކޮށާފައި)
- 2 ޗައިނީސް ކިއުކަންބާ ފޮތި ފޮތިކޮށްފައި
- 3 ޗީޒް ފޮތި (ސްލައިސް ޗީޒް)
- 1/4 ސައި ސަމުސާ މުގުރި އަސޭމިރުސް
- 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
- 1/2 ޖޯޑު ޓޮމާޓޯ ސޯސް3 ފަޅި ލެޓިއުސްފަތް
- 4/1 ފަޅި ގިތެޔޮމިރުސް ކޮށާފައި
- ލޮނުކޮޅެއް
- އޮލިވް އޮއިލް
- ބަޓަރުކޮޅެއް
- މަޔޮނައިސް ކޮޅެއް
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާށެވެ. ދެން ތަވާ ހޫނުވީމާ އޮލިވް އޮއިލް އަޅާފައި ތެޔޮފޮދު ހޫނުވީމާ ފިޔާ، ކެޕްސިކަމް، ލޮނުމެދު، ސޮސެޖް އަދި މިރުސް އަޅާފައި މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ދާށެވެ. ދެން ރަހަލާވަރަށް ލޮނާއި އަސޭމިރުސް އެއްކޮށްލާށެވެ.
ސޮސެޖް ރޯފިލާ ރަނގަޅަށް ހަނާވަދެން މަޑު ގިނީގައި ކައްކާލާށެވެ. އެއަށްފަހު ބާކީހުރި މަސްގަނޑަށް ބޭނުންވާ ސާމާނުތައް ވެސް އެއްކޮށްފައި އުނދުންމަތިން ބާލާށެވެ. ދެން ބަނަސްތަކުގެ އެތެރެ ފަރާތުގައި ތުނިކޮށް ބަޓަރުކޮޅެއް ހާކާފައި އެތެރެ ފަރާތް ތަވާ މަތީގައި ކުޑަކޮށް ފިހެލާށެވެ.
ދެން ތުނިކޮށް ބަނަހުގެ އެތެރެ ފަރާތުގައި މެޔޮނައިސް ހާކާލާށެވެ. ކޮންމެ ބަނަހެއްގެ 1 ފަޅިމަތީ ލެޓިއުސް ފަތްކޮޅެއް ބާއްވާލާށެވެ.ކިއުކަންބަރ ފޮތިތައް ދިގަށް އަތުރާލާށެވެ .އަދި ހަަނާކުރި ސޮސެޖްކޮޅެއް ދިގަށް ފަތުރާލާށެވެ.
އެއަށްފަހު މަސްގަނޑުގެ މަތީގައި ދިގަށް ސޯސް ކޮޅެއް އަޅާފައި ޗީޒް ފޮތިތައް ވެސް ކަފާލާފައި ދިގަށް އަތުރާލާށެވެ. އަދި އަނެއް ބަނަސް ފަޅި މަތީގައި ތަތްކޮށްފައި މައިކްރޯ ވޭވްން ޗީޒްކޮޅު ދިޔާ ވަންދެން ހޫނުކޮށްލާށެވެ.
ސަބްމެރިން ވެސް ވަރަށް ގިނަގޮތް ގޮތަށް ތައްޔާރު ކުރެއެވެ.