ލިޔުނީ: އަޒްހީން

އެޕަލްގެ އަހަރީ ވޯލްޑްވައިޑް ޑިވެލޮޕަރޒް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ކުރިއެރުންތައް ފެންނާނެ ކަމުގެ އުންމީދު ވަނީ ބޮޑުވެފައެވެ.

މިއަހަރުގެ ކޮންފަރެންސަކީ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން އޭއައި ޑިވެލޮޕްމަންޓް ހަލުވިކޮށް، ކުރިއަރަމުން އަންނަ މި ދާއިރާގައި ހަރުދަނާ ޕްރެޒެންސެއް ގާއިމުކުރުމަށް އެޕަލް އިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެޕަލްގެ ޗެޓްބޮޓާއި އެހެނިހެން އޭއައި ޓޫލްތަކަށް މަޝްހޫރު ގޫގުލްގެ ޖެމިނީ އޭއައި އިންޖީނު އެޕަލް އިން ކުރިއަށް އޮތް އައިފޯނާއި އައިއޯއެސް 18 އަށް އިންޓަގްރޭޓް ކޮށްފާނެ ކަމަށް އަޑުތައް ފެތުރިފައިވެއެވެ. މި ޕޮޓެންޝަލް ޕާޓްނަރޝިޕަކީ އެޕަލްއަށް ވަރަށް ބޮޑު ފިޔަވަޅެއް ކަމަށާއި، ވާދަވެރި އޭއައި ލޭންޑްސްކޭޕަށް އެޕަލް ފޮނުވާލާނެއެވެ.

ތަފްސީލް ހާމަކޮށްފައި ނުވި ނަމަވެސް އެޕަލް އިން ވަނީ އެއްފަހަރާ ތަފާތު ޑޭޓާ ބާވަތްތައް މާނަކޮށް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ މަލްޓިމޯޑަލް އޭއައި މޮޑެލްތަކުގެ އާއިލާއެއް ކަމަށްވާ އެމްއެމް1 އުފައްދަން ނިންމައިފައެވެ. އެ ކުންފުނިން ވައުދުވަނީ މި މޮޑެލްތަކުން "ސްޕީރިއާ އެބިލިޓީސް" އާއި އެޑްވާންސް ލާނިން ގާބިލްކަން ލިބޭނެ ކަމަށެވެ.

އޭއައިގެ އިތުރުން ޑަބްލިއުޑަބްލިއުޑީސީން އައިފޯން، އައިޕެޑް، މެކްސް، އެޕަލް ވޮޗް، އެޕަލް ޓީވީ އަދި ވިޝަން ޕްރޯ ހެޑްސެޓްގެ ސޮފްޓްވެއާ އަޕްޑޭޓްތައް ދައްކާލާނެ ކަމަށް ބެލެވެއެވެ.