ރައީސް ޔާމީން މިނިވަން ކުރުމަށް ގަދަ އަވީގައި އެމަނިކުފާނަށް ތާއިދުކުރި އެންމެން މުޒާހިރާ ކުރަމުން ގެންދިޔަ އިރު، ކުރީ ސަރުކާރުގެ މިނިސްޓަރަކަށް ހުރި މުހައްމަދު މަލީހު އިނީ ފިނި ކޮޓަރީގައި ރައީސް ޔާމީނަށް ވަގަށް ގޮވަން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އެންމެ ނުފޫޒުގަދަ އެއްބޭފުޅާ ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙިމް މިހެން ވިދާޅުވެފައިވަނީ، ޕީއެންސީ އިން މިއަދު ބޭއްވި ޕެނަލްޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ. މި ޕެނަލްޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޢަބްދުއްރަހީމް އިތުރަށް ވިދާޅުވީ 2018 ގައި އިންތިހާބުގައި ރައީސް ޔާމީނަށް ލިބިއްޖެނަމަ އަނިޔާގެ އިންތިހާއަށް ދިވެހިރާއްޖެ ހިނގައިދާނެކަމަށް މަލީހު ވިދާޅުވެ ރައީސް ޔާމީނަށް އެތައް ތުހުމަތެއްކޮށް ވަގަށް ގޮވި ކަމަށެވެ. ނަމަވެސް މިހާރު ޔާމީނަށް މާހެޔޮ އެދޭމީހެއްކަމަށް ބުނެ، ގަޔަށް ބާރު ހެދުންލައި ދެފަރާތުގައި ފުށްޖަހައިގެން އިނދެ ޔާމީނޭ ކިޔާ ވާހަކަ ދައްކާ އިރު މި ބޭފުޅުންގެ އިޚްލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ރައީސް ޔާމީނަށް ވަގަށް ގޮވާ އެއްމެ ގިނައިން ފާޑުކީ މީހުންގެ ތެރޭގައި މަލީހު އަދި އޭނާގެ ބޮޑު ބޭބެ ޑޮކްޓަރ ޖަމީލް ކަމަށާއި، ހަގީގަތަކީ ރައީސް ޔާމީނަށް ހެޔޮއެދޭ މީހުން މިހާރުވެސް ތިބީ ޕީ.ޕީ.އެމް، ޕީ.އެންސީގެ އިސް ސަފުގައިކަމަށް އައްބުދުއްރަހީމް ވިދާޅުވިއެވެ.