- ބޭނުންވާ ތަކެތި:

  • 2 ޕާން ބޮޑު
  • 1 ޖޯޑު ހިކިމޭބިސްކަދުރު
  • 1 ޖޯޑު އާމަންޑް ކޮށާފައި
  • 1 ޖޯޑު ކެޖޫނަޓް ކޮށާފައި
  • 3 ޖޯޑު މާފެން
  • 2 ޕެކެޓް ދިޔާކިރު
  • 2 ޖަގުފެން
  • 6 ޖޯޑު ހަކުރު
  • 500 ގ. ހިކިކިރު
  • 1 މޭޒުމަތީ ސަމުސާ ކުކުން
  • 12 ކާފޫރުތޮޅި މުގުރާފައި

- ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ ތަވާއުދާލާށެވެ. ދެން ދިޔާކިރު އަޅާލާށެވެ. އަދި މުގުރި ކާފޫރުތޮޅި ކޮޅުވެސް އެއްކޮށްލާށެވެ. އެއަށްފަހު މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ކައްކާށެވެ. އޮލަވާންފެށުމުން ހިކިކިރު އެއްކޮށްލާށެވެ. ދޭފަތުން ހަލަމުން ގޮސް ކްރީމް އަށް ވީމާ އުނދުންމަތިން ބާލާށެވެ.

އަދި އެހެންތަވައެއް އުދާލާށެވެ. ތެޔޮއަޅާލާފައި ކެކުމުން ކޮންމެ ޕާންފޮއްޗެއް ދެބައި ހަމަޔަށް ކަފާލާފައި ޕާންފޮތިތަކަށް މަޑުމުށި ކުލަ އަރާވަރަށް ތެލުލާފައި ބަހައްޓާށެވެ.

އެއަށްފަހު ހަކުރު ސިރަޕް ކައްކަން ތެއްޔެއް އުދާލާށެވެ. އެއަށް ފެން އަޅާފައި މާފެން ވެސް އެއްކޮށްލާށެވެ. ކުކުން ކޮޅުވެސް އެއްކޮށްލާށެވެ. ދެން ވިރި އަތުގައި ތަތްލާވަރަށް ކައްކާފައި ބަހައްޓާށެވެ.

ބޮޑު ޓްރޭ އެއްގައި ޕާން ފޮތިތައް އަތުރާލާށެވެ. ޕާންފޮތިތައް ފޯވާވަރަށް ހަކުރު ސިރަޕް އަޅާލާށެވެ.ޕާން ފޮތިތައް 2 ލޭޔަރަކަށް އަތުރާލާލށެވެ .

ދެން ޕާންފޮތިތަކުގެ މަތީގެ ތަންތަން ގަނޑަށް ކެއްކި ކްރީމް ހާކާލާށެވެ. ނަޓް ތަކާއި ހިކިމޭބިސްކަދުރު މައްޗަށް ވިއްސާލާފައި އަވަނުން މަތި ކުޑަކޮށް ހިކިލަންދެން ފިހެލާށެވެ.

ކުޑަ ޓްރޭއެއްގައި ހަދާނަމަ ލޭޔަރު ލޭޔަރަށް ހަދާލާށެވެ.