ލިޔުނީ: އަޒްހީން

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ހދ. ނޮޅިވަރަމްއަށް ވަޑައިގެންފިއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދުގެ އިތުރުން އެކުންފުނީގެ ބައެއް އިސްވެރިންވެސް މި ދަތުރުފުޅުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިދަރުތުފުޅުގައި އެބޭފުޅުން ވަނީ އެރަށު ޕަވަރ ހައުސްއަށް ޒިޔާރަތްކުރައްވާ، ޕަވަރ ހައުސްގެ ހާލަތު ބައްލަވާ އެތާ މަސައްކަތްކުރާ ފެނަކައިގެ މުވައްޒަފުންނާއި ވެސް ބައިދަލުކުރައްވާފައިވެއެވެ. މިގޮތުން މުވައްޒަފުނަށް ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައިއެވެ.

ފެނަކައިން ހދ. ކުޅުދުއްފުޓަށް ވެސް ވަނީ މިދަތުރުފުޅުތެރެއިން ޒިޔާރަތްކުރައްވާ އެރަށު ކަރަންޓުގެ މައްސަލައައް ދާއިމީ ހައްލެއް ގެނެސްދޭނެކަމަށް ވިދާޅުވެފައިއެވެ.