ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަހަން މިއަދު މާލެ ސިޓީގައި ފަށައިފިކަމަށް އިސްލާމިކް ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވެފައިވަނމީ ވަނަ އަހަރު ގޮވާމުގެ ބާވަތްތަކުން މާލެ ސިޓީގައި ފިތުރުޒަކާތް ބެހުން ކުރިއަށްދާނީ މާދަމާގެ ނިޔަލަށް ކަމާށާއި މި 2 ދުވަހު، ޒަކާތް ބަހަމުންދާނީ އަމީނިއްްޔާ ސްކޫލްގެ ހޯލުގައެވެ.

މީގެއިތުރުން އެތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް ބެހުން ކުރިއަށް ދާ ގޮތުގެ ތާވަލް:

މި ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.4 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.