ލިޔުނީ: އަޒްހީން

ފިތުރު ޢީދު ގެ މުނާސަބަތުގައި މާލޭގައި ދެ ގަޑިއިރަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ. އެއްގަމު އުޅަނދު ދުއްވުން މަނާ ކޮއްފައިވަނީ އިދު ދުވަހު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަށް ހިނގަމުންދާ ވަގުތުގައެވެ. އެއީ ހަވީރު 16:00 ން ފެށިގެން 18:00 އާ ހަމައަށެވެ.

ކޮންމެ އަހަރަކު ވެސް ޢީދު ދުވަހު ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ މަގްސަދަކީ ހުއްޓުމެއް ނެތި ހިނގާބިނގާވެ އުޅުމަށް މަގުފަހިކޮށްދީ، މި އުފާވެރި މުނާސަބަތުގައި އާއިލާތަކަށް ފަސޭހަކަމާއެކު މަގުތަކުގައި ހިނގާބިނގާވެ އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ޢީދު ނަމާދަށް ފަހު މާލޭ ސިޓީ ކައުންސިލުން ވަނީ އެކުވެނި ޓްރެކްގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައެވެ. އޭގެ ތެރޭގައި "ބޮޑުމަސް މާލި ނެގުން" ގެ ހަރަކާތްތަކާއި، ހަވާއެރުވުމާއި ސްޓޭޖް ޝޯއެއް ވެސް ހިމެނެއެވެ.