ލިޔުނީ: އަޒްހީން

ފެނަކަ ކޯޕަރޭޝަނުން ދަނީ ރާއްޖޭގެ އެކި ރަށްތަކަށް ކަރަންޓުގެ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ކުރި ޓުވީޓެއްގައި ކަރަންޓު ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށްތަކުގެ ތެރެއިން 4 ރަށަކަށް ޖެނެރޭޓަރު މިހާރު ވަނީ ފޮނުވާފައި ކަމަށް ބުނެފިއެވެ.

ފެނަކައިން ބުނާގޮތުން 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް މ. މުއްޔަށް ފޮނުވާފައިވާއިރު، ނ. ހޮޅުދޫއަށާއި ތ. ގުރައިދޫއަށް އަދި ތ. ތިމަރަފުށްޓަށް 800 ކިލޯވޮޓްގެ ޖަނަރޭޓަރެއް ވަނީ ފޮނުވާފައިއެވެ.

މީގެ އިތުރުން ތ. ގުރައިދޫއަށް ފޮނުވި ޖަނަރޭޓަރު ލިބި ލޯޑަށް ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ފެނަކައިން ބުނެއެވެ.

https://twitter.com/TeamFenaka

ފެނަކައިން ބާކީ ހުރި މިފަދަ ކްރިޓިކަލް ރަށްތަކަށް ވެސް ޖަނަރޭޓަރުތައް ފޮނުވުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށް ވަނީ ބުނެފައެވެ. މިއީ ފާއިތުވި މަހެއްހާދުވަހު ކަރަންޓުގެ މައްސަލަ ބޮޑުވެފައިވާ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮއްދިނުން ހަރުދަނާ ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެއެވެ.