އީދަށް މާލެތެރެ ޒީނަތްތެރި ކުރުމުގައި އެހީވި އެންމެނަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްްވައިފިއެވެ.

ރައީސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ފިތުރު އީދަށް މާލެތެރެ ޒީނަތްތެރި ކުރުމަށް ކުލަކުލައިގެ ބޮކި ހަރުކޮށްދެއްވި އެންމެނަށާއި އަދި ޖުމްހޫރީމައިދާނުގައި ފެންަރުވާ ވަޑާމެއް ހެދުމުގެ މަސައްކަތުގައި އެހީ ވެދެއްވި އެންމެނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. މި ޕޯސްޓުގައި ރައީސް ވަނީ ފެނަކަ، އެމްޓީސީސީ، ސްޓެލްކޯ، ސިޓީސް މިނިސްޓްރީ އަދި މި މަސައްކަތުގައި ބައިވެރިވި ހުރިހާ ކައުންސިލްތަކަށް ޝުކުރު އަދާ ކޮށްފައެވެ.

ރައީސްވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އުއްމީދަކީ ކުދިބޮޑު އެންމެނަށް އީދުގެ މުހިއްމުކަން އިހްސާސް ވުމެވެ. މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ މި އަންނަ އަހަރުގެ ބޮޑުއީދަށް މިއަށް ވުރެގިނައިން ރަށްރަށުގައި ކުލަކުލައިގެ ބޮކިތަށް ހަރުކާރެ ކަމަށެވެ