ރައްޔިތުން ވޯޓު ދޭނީ ތަރައްގީގެ ފިކުރަށް ކަން ޔަގީން ކުރައްވާ ކަމަށާއި ބޭނުންވަނީ އަމާންކަމާއެކު ގައުމު ގެންގޮސް، ރައްޔިތުން ބޭނުންވާ ނަތީޖާ ދައްކައިދިނުމަށް ކަމަށް ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މާފަންނު އުތުރަށް ވާދަކުރައްވާ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ ކެމްޕެއިނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު އިތުރަށް ވިދަޅުވީ ސަރުކާރުން އޮތީ ތަރައްގީގެ ދުވެލި އަވަސްކޮށް، ނަތީޖާ ނެރެން ކަމަށާއި އެކަމަކު މިފަދަ މެންބަރުން ހޮވައިފިނަމަ ވަގުތު ބޭކާރުވެގެން ދާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ކަންކަން ވާން އޮތީ ސަރުކާރު މެންބަރުން ހޮވައިގެން ކަމަށެވެ.

މީގެއިތުރުން ސަރުކާރު ކެނޑިޑޭޓުންނަށް ދޭ ވޯޓަކީ ތަރައްގީއަށް ދޭ ވޯޓެއް ކަމަށާއި ސަރުކާރުގެ ފިކުރުގައި ތިއްބެވި ނާޒިމް އާއި ދެން ތިއްބެވި 92 ކެންޑިޑޭޓުން ހޮއްވެވީމާ އެ ދެވެނީ މުޅި ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ތަރައްގީ، ރައްޔިތުން ބޭނުންވާ ހަލުވި ދުވެލީގައި ގެންދިއުމަށްޓަކައި ދެވޭ ވޯޓެއް ކަމަށްވެސް އެމަނުކުފާނު ވިދާޅުވިއެވެ.

ދެއްވާ ވޯޓަކަށް އެ ވޯޓު މި ވަނީ އެ ވޯޓު ދިނީމާ ތަރައްގީގެ ފިކުރު، އަޅުގަނޑުމެންގެ ފިކުރުގައި ތިއްބެވި ނާޒިމް އާއި އަޅުގަނޑުމެންގެ ދެން ތިއްބެވި 92 ކެންޑިޑޭޓުން ހޮއްވެވީމާ އެ ދެވެނީ މުޅި ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ތަރައްގީ، އަޅުގަނޑުމެން މި ބޭނުންވާ، ރައްޔިތުން ބޭނުންވާ ހަލުވި ދުވެލީގައި ގެންދިއުމަށްޓަކައި ދެވޭ ވޯޓެއް. .
ރައީސް ވިދާޅުވިއެވެ

އަދި ފާއިތުވީ ހަތަރު މަހެއްހާ ދުވަހު ފެށިގެން ދިޔައީ ސަރުކާރަށް ދަތިކޮށް، ކަންކަން ލަސްކުރަމުން ދާތަން ކަމަށާއި އެކަމުގެ އެންމެ ބޮޑު ހެއްކަކީ ތިން ވަޒީރުންނަށް އެއްވެސް ސަބަބެއް ނެތި ރުހުން ނުދިނުން ކަމަށްވެސް ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްވަމުން ރައީސް ވިދާޅުވެފައިވެއެވެ.