ރަމަޟާން މަަހު ރޯދަހިފައި ދެން އެއާ ވިދިގެން ޝައްވާލު މަހުން ހަ ރޯދަ ހިފައިފި މީހާ މުޅި އަހަރު ރޯދަހިފި ފަދަ ކަމަށް މިއަދުގެ ފިތުރު އީދު ހުތުބައިގައި ބުނެފިއެވެ.

މި ހުތުބާގަައި އިތުރަށް ބުނެފައިވަނީ މި ހަ ރޯދަ ހިފުމުގައި މޮޅު އިތުރުވެގެން ވަނީ ޝައްވާލުމަހުގެ ދެވަނަ ދުވަހުން ފެށިގެން ވިދިވިދިގެން ހިފުމެވެ. އަދި ފިތުރު ޒަކާތަށް ރައްކާތެރިވީ ފަދައިން ޒަކާތަށްވެސް ރައްކާތެރިވާށާއި ﷲ ފަރުޟު ކުރެއްވި ޒަކާތުގެ އިތުރުން ގިނަގިނައިން ސަދަގާތްދީ، މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅުމަށްވެސް ބުންޏެވެ.

އީދު ހުތުބާ ފަށްޓަމުން ބުނެފައިވަނީ، މާތްﷲ ވަހީ ކުރައްވާފައިވާ ބަަސްފުޅެއްގެ މާނައިގައި ވެއެވެ.

"އެދުވަހެއްގައި ﷲގެ ޙަޟްރަތަށް ތިޔަަބައި މީހުން ރުޖޫއަ ކުރައްވާނޭ ދުވަހަކަަށް ތިޔަބައިމީހުން ރައްކާތެރިވެ ބިރު ގަންނާށެވެ. ދެން ކޮންމެ ނަފުސަކަށް އެ ނަފުސެއް ހޯދި ކަމެއްގެ ޖަޒާ އެދުވަހުން ލިބޭނެތެވެ. އަދި އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާ ހުއްޓެވެ."

އަދި މިއަދަކީ މުސްލިމުންގެ އުފާވެރި ފިތުރު އީދު ދުވަސް ކަމަށާއި މިމަތިވެރި ފިތުރުއީދު ދުވަހުގައި ރަމަޟާންމަހުގެ މަތިވެރި ރޯދައިގެ އަޅުކަން ފުރިހަމަކުރުމުގެ ތައުފީގު ދެއްވިކަމަށްޓަކައި ﷲ އަށް ހަމްދުކުރުމަށްވެސް ހުތުބައިގައި ބުނެފައިވެއެވެ.

ހަމައެއާއެކު ހުތުބައިގައި ބުނެފައިވަނީ އެމަހުގައި އަޅަމެން ކުޅަ އަމަލުތައް ގަބޫލުކުރެއްވުން އެދި ﷲއަށް ދުއާކުރުމަށާއި އަދި އެކަލާނގެ ފަޟްލުވަންތަވެރިކަމުން ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުރުކޮށް ތަކުބީރު ކިޔުމަށްވެސް ބުނެފައިވެއެވެ.

މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ،

"ތިޔަ ބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ އަދަދު ފުރިހަމަ ކުރުމަށްޓަކައެެވެ. އަދި ތިޔަބައިމީހުންނށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކުބީރުކިޔައި އުޅުމަށްޓަކައި، އަދި ތިޔަބައިމީހން އެކަލާނގެއަށް ޝުކުރުވެރިވުމަށްޓަކައެވެ،"

މީގެއިތުރުން ހުތުބާގައި ވަނީ ފިތުރު ޒަކާތް ނެރުމާއި ކިޔަމަންތެރިކަން އަދާކުރުމުގެ އެކިއެކި އަމަލުތަކުން ﷲއާ ކުއްތަންވުމަށް މަސައްކަތް ކުރީ އެކަލާނގެ ސަވާބަށް އުއްމީދުކޮށް އެކަލާނގެ އަޒާބަށް ބިރުވެތިވާ ހާލުގައި ކަމަށެވެ.

އެ ގޮތުން މުސްލިމުންގެ މި މަތިވެރި ފިތުރު އީދުދުވަހުގައި ރަމަޟާން މަހުން އަހަރެމެންނަށް ދަސްވި ފިލާވަޅުތަކުގެ ފައިދާ ލިބިގަތުމަށް އަޒުމު ކަނޑައަޅުމަށްވެސް ހުދުބައިގައިވަނީ ބުނެފައެވެ.

އަދި އަހަރެމެންގެ މި އީމާންކަން މިގޮތުގައި ދެމެހެއްޓުމަށް މަަސައްކަތް ކުރުމަށާއި ގިނަގިނައން ސުންނަތް ނަމާދުކުރާ ބަޔަކަށް ވުމަށްވެސް ބުނެފައިވެއެވެ.

ހުތުބައިގައި ބުނެފައިވަނީ ފަތިސްނަމާދުގެ އިހު ސުންނަތާއި ޟުޙާ ނަމާދާއ ރަވާތިބު ސުންނަތްތަކާއި، ވިތުރިއާއި، ދަމުނަމާދު ވީހާ ގިނައިން ކުރެވޭތޯ މަސައްކަތް ކުރުމަށާއި ހޯމަ ބުރާސްފަތީގެ ރޯދައާއި މެދުފޮއި ރޯދައާއި އާޝޫރާ ދުވަހާއި އަރަފާތު ދުވަހުގެ ރޯދަ ހިފުމަށް ފަރުވާތެރިވުމަށެވެ. އަދި ހާއްސަކޮށް ޝަައްވާލުމަހުގެ ހަ ރޯދަ ހިފުމަށް ސަމާލުކަން ދިނުމަށްވެސް މިއަދުގެ އީދު ހުތުބައިގައި ބުނެފައިވެއެވެ.