ބޭނުންވާތަކެތި:

  • 4 ޖޯޑު ބޭކްޑް ބިންސް
  • 2/1 ސައިސަމުސާ ރީނދޫ
  • 1 ޗިކަން ކިއުބް
  • 3 ފިޔާ ތުނިތުނިކޮށް ކޮށާފައި
  • 1 ޖޯޑު ބައި ޓޫނާ ދަޅުގެ މަސް
  • 1 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު
  • 1 މޭޒުމަތީ ސަމުސާ ރާޅުކޮށް ތަޅާފައި ހުރި ހިކިމިރުސް
  • 2 ލޮނުމެދު ގާނާފައި
  • 2/1 ޖޯޑު ވަރަށް އޮލަ ކާށި ބޯކިރު
  • 2/1 ސައި ސަމުސާ އިނގުރު ޗިސްކޮށް ފައިހުރި
  • 2 ހިކަނދިފަތް
  • 1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • 3/1 ފަޅި ގިތެޔޮމިރުސް ހިމުން ކޮށް ކޮށާފައި
  • 3/1 ސައި ސަމުސާ މުގުރި އަސޭމިރުސް
  • 400 ގ. ފުށް
  • ތެޔޮ
  • ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ފުށްކޮޅު ކުޑަ ލޮނުކޮޅަކާއި ތެޔޮފޮދެއް އަޅާފައި ރޮށިފިހެނެ ފުށްގަނޑު މޮޑޭ ގޮތަށް މޮޑެފައި ކުދިކުދިކޮށް ގުޅަގުޅަ ހަދާފައި ބަހައްޓާށެވެ. ދެން ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަތެޔޮ ފޮދެއް އަޅާފައި ހޫނުވީމާ ފިޔާ ،ހިކަނދިފަތް، ރީނދޫ ލޮނުމެދުމިރުސް، ރާޅު މިރުސް އެއްކޮށްލާ ކުޑަލޮނުކޮޅެއް ވެސްލާށެވެ.

ފިޔާކޮޅު މޯޅިވީމާ މަސްކޮޅު އިނގުރު އަސޭމިރުސް، ކިއުބް އެއްކޮށްލާ މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ހަނާކޮށްލާށެވެ. އެއަށްފަހު ޓޮމާޓޯ ޕޭސްޓް ވެސް އެއްކޮށްލާ ބޭކްޑް ބީންސް ވެސް އެއްކޮށްލާށެވެ.

ދެން ހަވާދު ކޮޅު ކިރުފޮދު ގައި ގިރާފައ އެއްކޮށްލާށެވެ. ރަނގަޅަށް ކެކި ކިރުފޮދު ހިކޭވަރަށް ހަނާވުމުން އުނދުން މަތިން ބާލާށެވެ. އަދި ފުށްގުޅަތަކުން ކުދިކޮށް ރޮށި ދަމާފައި ކޮށްމެ ރޮށްޓަކަށް ހަަނާކުރި ބައިން އެތިކޮޅެއް އަޅާފައި ހަތަރު ފަރާތުން ފަތް ޖަހާފައި އޮޅާފައި ތަތްކޮށްލާށެވެ.

އެއަށްފަހުގައި ތަވާޔަށް ތެޔޮ އަޅާފައި ކެކި ގަތުމުން ކީމިޔާތައް ތަވާޔަށް އަޅާފައި ތެލުލާށެވެ. ނޫނީ ޓްރޭގައި އަތުރާފައި އަވަނުން ފިހެލާށެވެ.

މިކިމިޔާ ވެސް 4-5 ގޮތަކަށް ތައްޔާރު ކުރެއެވެ