ލިޔުނީ: ނާހިދު އަދި އަޒްހީން

މިއަދުގެ ޑައިނެމިކް ވިޔަފާރީގެ މައިދާނުގައި ތިމާގެ ވިޔަފާރި ކާމިޔާބުގެ މަގަށް ގެންދިއުމަށް އިތުބާރުހުރި ބައިވެރިޔަކު ހޯދުމަކީ މުހިންމު ކަމެކެވެ. މިގޮތުން ބްރަދަހުޑް ގްރޫޕް އޮފް ކޮމްޕެނީސްއަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ފުޅާ ދާއިރާއެއްގައި އުފެއްދުންތައް ހުށަހަޅައިދިނުމާއި، ތަފާތު ޚިދުމަތުގެ ފުރިހަމަކަމަށް މަޝްހޫރު ނަމެކެވެ. ގާތްގަނޑަކަށް އިންޑަސްޓްރީގެ 20 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބްރަދަހުޑް ގްރޫޕް އޮފް ކޮމްޕެނީސް އަކީ ޕްރިމިއަރ ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި ހުރެ، އިތުބާރާއެކު އިނޮވޭޝަންގެ އަލިކަމެއްގެ ގޮތުގައި މަސައްކަތް ކުރާ ކުންފުންޏެކެވެ.

މީގެ ގާތްގަނޑަކަށް ވިހި އަހަރެއްހާ ދުވަސް ކުރިން އުފެދުނު ބްރަދަހުޑް ގްރޫޕް އޮފް ކޮމްޕެނީސް، މިހާރު ވަނީ މާލޭގެ އެކި ކަންކޮޅުތަކުގައި ސްޓްރެޓެޖިކް ގޮތުން ހުންނަ 10 އައުޓްލެޓްގެ ނެޓްވޯކެއް އެކުލެވިގެންވާ ވަރުގަދަ ކުންފުންޏަކަށް ބަދަލުވެފައެވެ. ކޮސްމެޓިކްސް ހޯލްސޭލް އައް ހާއްސަކުރެވިފައިވާ ފިހާރަތަކުން ފާހަގަކޮށްލެވޭ މި ކުންފުނިން ކޮސްމެޓިކްސްގެ ލީޑިން ޑިސްޓްރިބިއުޓަރެއްގެ ހައިސިއްޔަތުން ގިނަ ބައެއްގެ ތައުރީފު ހޯދާފައިވާއިރު، މިއީ ކޮލިޓީ އާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް އެ ކުންފުނިން އަބަދުވެސް އަހައްމިއްޔަތުކަން ދޭ ކަމުގެ ހެއްކެކެވެ.

ބްރަދަހުޑް ގްރޫޕް އޮފް ކޮމްޕެނީސްގެ މިޝަންގެ މައިގަނޑު އަސާސަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމެވެ. ސްޓްރީމްލައިންޑް ޕްރޮކިއުމަންޓް ޕްރޮސެސްތަކާއި ފްލެކްސިބަލް ޕޭމަންޓް އޮޕްޝަންތައް މެދުވެރިކޮށް ވިޔަފާރިވެރިންނަށް ޔަގީންކަމާއި ފަސޭހަކަމާއެކު ވިޔަފާރީގެ ދަތުރުތައް ފެށުމުގެ ބާރު ބްރަދަހުޑް ގްރޫޕް އޮފް ކޮމްޕެނީސްގެ ޒަރިއްޔާއިން ލިބިގެންދެއެވެ. މީގެ އިތުރުން ބްރަދަހުޑް ގްރޫޕް އޮފް ކޮމްޕެނީސް އިން ވަނީ އޮންލައިން ޗެނަލްތައް މެދުވެރިކޮށް އެކްސެސިބިލިޓީ އާއި އިންކްލޫސިވިޓީ ކަށަވަރުކޮށް، ރާއްޖޭގެ ދުރު ހިސާބުތަކަށްވެސް ފޯރާފައެވެ.

ބްރަދަރހުޑް ކޮމްޕެނީސްގެ ފިހާރައެއް. ފޮޓޯ: ހަލިނިއުސް

ޑިސްޓްރިބިއުޓަރެއްގެ ދައުރުގެ ބޭރުން ބްރަދަހުޑް ގްރޫޕް އޮފް ކޮމްޕެނީސް އަކީ ވިޔަފާރިތަކަށް އިތުބާރު ކުރެވޭ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކޮށް، މާކެޓް ޓްރެންޑްތަކާއި ޕްރޮޑަކްޓް ރެކޮމެންޑޭޝަންތަކާ ބެހޭ ގޮތުން އަގުހުރި މައުލޫމާތުތަކެއް ފޯރުކޮށްދޭ ކުންފުއްޏެއްވެސްމެއެވެ. ތަޖުރިބާކާރު ޕްރޮފެޝަނަލުންގެ ޓީމަކާއެކު، ބްރަދަހުޑް ގްރޫޕް އޮފް ކޮމްޕެނީސްގެ ކަސްޓަމަރުންގެ ސައިޒަށް ނުވަތަ ސްކޯޕަށް ބެލުމެއް ނެތި، އެ ކުންފުންޏެއް ނުވަތަ އެވިޔަފާރިއެއްގެ ކަސްޓަމަރުންގެ ކާމިޔާބީއަށް މަގުފަހިކޮށްދިނުމުގެ މަސައްކަތުގައި ދެމި ބްރަދަރހުޑް ގްރޫޕް އޮފް ކޮމްޕެނީސްއިން ދެމިއޮވެއެވެ.

ބްރަދަހުޑް ގްރޫޕް އޮފް ކޮމްޕެނީސް އަކީ ފްރޫއިޒަރ، ހީރޯ، މަރޭއާ، ޖިލިމީ އަދި ބޮޑީ ފިލޯސަފީ ފަދަ މަޝްހޫރު ބްރޭންޑްތަކަށް އަމާޒުކޮށްގެން އަންނައުނު، ކޮސްމެޓިކްސް، އިލެކްޓްރޯނިކްސް އަދި ހާޑްވެއާ ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯއެއް އޮންނަ ކުންފުންޏެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި "ހީރޯ" ބްރޭންޑަކީ ހެއާ ކެއާ ސެގްމަންޓުގައި ފާހަގަކޮށްލެވޭ އެންމެ މަތީ ފަންތީގެ ބްރޭންޑެކެވެ. މިކަމުން ކޮލިޓީ އާއި ޑިސްޓިންކްޝަންއަށް ބްރަދަހުޑް ގްރޫޕް އޮފް ކޮމްޕެނީސްއިންދޭ އަހްމިއްޔަތުކަން ދައްކުވައިދެއެވެ.

ބްރަދަހުޑް ގްރޫޕް އޮފް ކޮމްޕެނީސް، އެފަދަ އެހެން ކުންފުނިތަކާ ތަފާތުބާ އެއްސަބަބަކީ ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް އެ ގްރޫޕުން ކުރާ ބުރަ މަސައްކަތެވެ. ކަސްޓަމަރ ސެންޓްރިކް ރޫހެއްލިބިފައިވާ، އެކްސެލެންސްއަށް އަހައްމިއްޔަތުކަން ދީގެން، ކޮންމެ މުޢާމަލާތަކީވެސް ޕްރޮފެޝަނަލް، ސަމާލުކަން ދީފައިވާ އަދި ޕާސަނަލައިޒްޑް ޚިދުމަތެއްކަން އެކުންފުނިން ކަށަވަރުކޮށްދެއެވެ.

ކުރުކޮށް ދަންނަވާނަމަ ބްރަދަހުޑް ގްރޫޕް އޮފް ކޮމްޕެނީސް އަކީ ރާއްޖޭގެ ވިޔަފާރީގެ މައިދާނުގައި އިތުބާރާއި، އިނޮވޭޝަން އަދި ކަސްޓަމަރުންނަށް އަހަންމިއްޔަތުކަންދޭ އަލިވޮށެއްފަދަ ގޮތުގައި އުފެދިގެން އައިސްފައިވާ ކުންފުންޏެކެވެ. މުއްސަނދި ލެގަސީއާއި، ތަފާތު ޕްރޮޑަކްޓް ޕޯޓްފޯލިއޯއާއި، ކަސްޓަމަރުންގެ ކާމިޔާބީއަށް ދެމިއޮންނާނެ ކަމުގެ ޔަޤީންކަމާއިއެކު ބްރަދަހުޑް ގްރޫޕް އޮފް ކޮމްޕެނީސް އަކީ މިއަދުގެ ވާދަވެރި މާހައުލުގައި ކުރިއެރުމަށް މަސައްކަތްކުރާ ވިޔަފާރިތަކުގެ އެންމެ ފުރިހަމަ ބައިވެރިޔާއެވެ. ބްރަދަހުޑް ގްރޫޕް އޮފް ކޮމްޕެނީސް އިޚްތިޔާރުކޮށް، ތަނަވަސްކަމާއި ކުރިއެރުމަށް ދަތުރުފަށާށެވެ.