ބޭނުންވާ ތަކެތި:

  • 4 ޖޯޑު ހުންނަހާ މަޝްރޫމް
  • 6 ބޭބީ ޓޮމާޓޯ
  • 2 ފަޅިކޮށްފައި
  • 2 ފިޔާ ބޮޑެތިކޮށް ފަޅި ފަޅިއަށް ކޮށާފައި
  • 2 ސައިސަމުސާ ލޮނުމެދު ޕޭސްޓް
  • 1 ޖޯޑު ހުންނަހާ ހަތަރެސްކަނަށް ކޮށާފައި ހުރި ބެލްޕެޕަރ
  • 1 ސައި ސަމުސާ އިނގުރު ޕޭސްޓް
  • 2/1 ސައިސަމުސާ މަސްޓަރޑް ކްރީމް
  • 1 މޭޒުމަތީ ސަމުސާ ލުނބޯހުތް
  • 2/1 ސައި ސަމުސާ މުގުރި އަސޭމިރުސް
  • 2 ސައި ސަމުސާ މުގުރި މިރުސް
  • 1 ސައި ސަމުސާ ޗިކަން ކިއުބް
  • 3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • 2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
  • 2/1 ސައިސަމުސާ ޕެޕްރިކާ ޕައުޑަރ

ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ ލޮނު، އަސޭމިރުސް ލުނބޯހުތް، ޕެޕްރިކާ، އޮލިވް އޮއިލް އަސޭމިރުސް، ސޯޔާ ސޯސް މަސްޓަރޑް ކްރީމް، ލޮނުމެދު ޕޭސްޓް ،އިނގުރު ޕޭސްޓް އަދި ކިއުބްވެސް އެއްކޮށްފައި ހުރިހާބާވަތައް އެއްކޮށް ރަނގަޅަށް މޮޑެލާށެވެ.

އެއަށްފަހު މޮޑުނުބައި ތަރުކާރީއާއި މަޝްރޫމްތަކުގައި ހާކާފައި 15 މިނިޓް ބަހަޓާށެވެ.

ދެން ބާބެކިއު ސްޓިކް އަށް ( ފަލަ އިލޮށި) އަމުނާލާށެވެ. އަދި ގްރިލާރގައި ގްރިލްކޮށްލާށެވެ. ނުނީ ބާބެކިއު ޕިޓްގައި ފިހެލާށެވެ.

އަދި އަވަންގައިވެސް ފިހެލެވިދާނެއެވެ.

މިި ކަބާބްވެސް 5-6. ގޮތަކަށް ތައްޔާރު ކުރެއެވެ.