ބޭނުންވާ ތަކެތި:

  • 1 ޕިއްޒާ ބްރެޑް
  • 1 ފިޔާ ގާނާފައި
  • 1 ޖޯޑު ހިމުންކޮށް ކޮށާ ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް ލައިގެން ތެލުލާފައި ހުރި ބޯންލެސް ޗިކަން
  • 1/3 ސައި ސަމުސާ މުގުރި އަސޭ މިރުސް
  • 1 ޖޯޑު ޕީލްޑް ޓޮމާޓޯ
  • 4 ބިސް ގިރާފައި
  • 1/2 ޖޯޑު ޓޮމާޓޯ ސޯސް2 ޖޯޑު މޮޒޮރެއްލާ ޗީޒް ގާނާފައި ހުރި
  • 10 ފޮތި ޓޮމާޓޯ2 ލޮނުމެދު ގާނާފައި
  • 1 މޭޒުމަތީ ސަމުސާ ހިކިކިރު އޮލަކޮށް ގިރާފައި ހުރި
  • 2 ކެޕްސިކަމް ހިމުންކޮށް ކޮށާފައި
  • 1 ޗިކަން ކިއުބް
  • 3/1 ސައި ސަމުސާގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި ހުރި
  • ލޮނުކޮޅެއް
  • ބަޓަރކޮޅެއް
  • ތެޔޮފޮދެއް
  • ޓޮމާޓޯ ސޯސްކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާށެވެ. އަދި ހޫނު ވީމާ ތެޔޮފޮދެއް އަޅާލާށެވެ.

ދެން ތެެޔޮފޮދު ހޫނުވީމާ ފިޔާ، މިރުސް، ކެޕްސިކަމް ކޮޅު އަޅާފައި އަދި އަސޭމިރުސް ކޮޅެއްވެސް ލާށެވެ. ޗިކަން ކިއުބް ކޮޅާއި ކޮޅުވެސް އެއްކޮށްލާށެވެ. އެއަށްފަހު ޕީލްޑް ޓޮމާޓޯ ،ޓޮމާޓޯ ސޯސްވެސް އެއްކޮށްލާށެވެ.

ދެން މަސްގަނޑު ހަނާވުމުން އުނދުން މަތިން ބާލާށެވެ. އަދި އެހެންތަވައެއް އުދާލާފައި ބަޓަރ ކޮޅެއް އަޅާފައި ހޫނުވީމާ ބިސް އެއްކޮށް އަޅާލާށެވެ.

އަދި ކިރު ،ލޮނު އަދި ކުޑަ އަސޭމިރުސް ކޮޅެއް އެއްކޮށްލާ ބިސް އެތި އެތިކޮޅަށްވެ ރޯފިލަންދެން ދޭފަތުން ހަލަމުންދާށެވެ.

އެއަށްފަހުގައި ޕިއްޒާ ބްރެޑް މަތީގައި ބަޓަރ ކޮޅެއް ހާކާފައި ހަނާކުރި ބައި ފަތުރާ ލާފައި ސްކްރަމްބްލްޑް އެގް ފަތުރާލާށެވެ. ދެން ޓޮމާޓޯ ފޮތިތައް އަތުރާލާށެވެ. އަދި ޗީޒްވެސް ބުރުވާފައި އަވަން ގައި ފިހެލާށެވެ.