ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި ގދ. ފަރެސްމާތޮޑާ ދައީރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީން ވާދަކުރައްވާ ކެންޑީޑޭޓް އަހުމަދު ޒައީމް، އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޝާދިޔާ އަށް ތާއީދު ކުރަންވަން ނިއްމައިފި ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެއެވެ.
މި ދާއިރާއަށް ވާދަ ކުރައްވާ ޝާދިޔާއަކީ އަމިއްލަގޮތުން ބައިވެރި ބޭފުޅަކަށްވިޔަސް އެމްޑީޕީ ޕާޓީގައި އުޅުއްވާ ކަނބަލެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އަހުމަދު ޒައީމް ޝާދިޔާއަށް ތާއިދު ކުރަން ނިންމެވީ އެ ދާއިރާއަށް އެމްޑީޕީގެ ގޮނޑި ކަށަވަރު ކުރުމުގެ ގޮތުންނެވެ.
މި ތުހުމަތާއި ގުޅިގެން ''ހަލިނިއުސް'' އަށް މައުލޫމާތު ދެއްވަމުން އަހުމަދު ޒައީމު ވިދާޅުވީ އެއީ ބޮޑުދޮގެއް ކަމަށާއި އެމްޑީޕީގެ ޓީކެޓްގައި ވާދަ ކުރައްވަމުން އެ ޓިކެޓް ދޫކުރައްވާ އެހެން އެއްވެސް ބޭފުޅަކަށް ތާއިދެއް ނުކުރައްވާނޭ ކަމަށެވެ.
އަދި ހަމައެއާއެކު މި ކަމާ ގުޅިގެން އެ ދާއިރާއަށް އަމިއްލަގޮތުން ބައިވެރިވި ޝާދިޔާ އާދަމްވެސް ވަނީ ހަލިނޫހަށް މި ވާހަކައަކީ ދޮގެއްކަން ކަށަވަރު ކޮށްދީފައެވެ.
މިކަން ދެފަރާތުން އެހެން ބުނި ނަމަވެސް ޝާދިޔާ ކެމްޕެއިން ގައި އިސްކޮށް ހަރަކާތްތެރިވާ ޢާއިލީ ބޭފުޅަކު ހަލިނިއުސްއަށް މަޢުލޫމާތު ދިން ގޮތުގައި އަހުމަދު ޒައީމް ވަނީ ޝަރުތަކާ ނުލާ ޝާދިޔާއަށް ތާއީދު ކުރަން ނިންމާ ފައެވެ. އަދި ޕާޓީގެ މަސްލަހަތައްޓަކައި އެވާހަކަ ނުދައްކަންވެސް ދެފަރާތުން ވަނީ އެއްބަސް ވެފައެވެ.
މިދާއިރާއަށް 5 ކެނޑިޑޭޓުން ވާދަ ކުރައްވާއިރު ، ސާވޭތަކުން ދައްކާ ގޮތުން ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ޔަގީން ކުރެވެނީ ސަރުކާރު ކެނޑިޑޭޓް ، ކެނޑިޑޭޓް ނަމްބަރ 2 ، އަޝްރަފް ރަޝީދުއެވެ.
ގދ. ފަރެސްމާތޮޑާ ދާއިރާއިން ޖުމުލަ 5 ކެންޑިޑޭޓަކު މަޖިލިސް އިންތިހާބުގައި ވާދަކުރައްވެއެވެ.
އެ ކެންޑިޑޭޓުންނަކީ:
ކެންޑިޑޭޓް (01)- ޝާމީމް މުހައްމަދު އިސްމާއީލް/ ގދ. ފިޔޯރި (އަމިއްލަ)
ކެންޑިޑޭޓް (02)- އަޝްރަފް ރަޝީދު/ ގދ. ފަރެސްމަތޮޑާ (ޕީއެންސީ)
ކެންޑިޑޭޓް (03)- ޑރ ނަސްރުﷲ މުސްތަފާ/ ގދ. ރަތަފަންދޫ (އަމިއްލަ)
ކެންޑިޑޭޓް (04)- ޝާދިޔާ އާދަމް/ ކ. މާލެ (އަމިއްލަ)
ކެންޑިޑޭޓް (05)- އަހުމަދު ޒައީމު/ ގދ. ފަރެސްމަތޮޑާ (އެމްޑީޕީ)
ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮންނަނީ މިމަހު 21 ވާ އާދިއްތަ ދުވަހުއެވެ.