ލިޔުނީ: އަޒްހީން

ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އއ. ތޮއްޑޫ އަދި ނ. ކެނދިކުޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތައް ފެށުމަށް ތައްޔާރީތައް ވެެއްޖެއެވެ.

މިގޮތުން ޒަމާނީ ފެންވަރަށް އއ. ތޮއްޑޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ސާމާނާއި ވެހިކަލުގެ އިތުރުން ސައިޓް ހެދުމަށް ބޭނުންވާ މެޓީރިއަލް ލޯޑް ކުރުމާއި އެރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެއެވެ. އަދި ނ. ކެނދިކުޅުދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ސާމާނާއި ވެހިކަލުގެ އިތުރުން ސައިޓް ހެދުމަށް ބޭނުންވާ މެޓީރިއަލް އިއްޔެގެ ވަގުތެއްގައިވަނީ އެރަށަށް ފޮނުވާފައިވެއެވެ.

މިއީ އާރްޑީސީއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ ގޮތުން ކުރަމުން އަންނަ މަސައަކަތުގެ ތެރެއިން ހިންގާ މަޝްރޫޢުތަކެކެވެ.