ލިޔުނީ: އަޒްހީން
ރާއްޖޭގެ 3 ރަށެއްގައި މަސް ފެކްޓަރީ އެޅުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ އެކު އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
ދ.މާދެލީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ބަނދަރު ތަރައްގީ ކުރުމާއި ލޭންޑިން ފެސިލިޓީއާއި އެކޮމޮޑޭޝަނާއި މަގުތަކުގެ އިތުރުން 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީ އެއް ގާއިމް ކުރެވިގެންދާނެއެވެ. ދެވަނަ ފިޔަވަހީގައި 50 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެއް ތަރައްގީ ކުރެވިގެންދާނެއެވެ.
ގދ. ފިޔޯރީ ޕްރޮޖެކްޓްގެ ދަށުން 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީއަކާއި ދުވާލެއްގެ މައްޗަށް 100 ޓަނުގެ ޕްރޮސެސިން ފެސިލިޓީއަކާއި ފިޝް މީލް ޕްލާންޓަކާއި ރިހާކުރު އުފެއްދުމުގެ ފެސިލިޓީއެއް އެޅިގެންދާނެއެވެ.
ފެލިވަރު ޕްރޮޖެކްޓްގެ މައިގަނޑު އަމާޒަކީ މިހާރުހުރި 38 އަހަރުވީ ފެކްޓަރީ ބަދަލުގައި ދުވާލެއްގެ މައްޗަށް 100 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެއް ތަރައްގީ ކުރުމެވެ.