ލިޔުނީ: އަޒްހީން

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ކ. ތުލުސްދޫއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީގެ އިތުރުން އެކުންފުނީގެ ބައެއް އިސްވެރިންވެސް މި ދަތުރުފުޅުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިދަރުތުފުޅުގައި އެބޭފުޅުން ވަނީ ތުލުސްދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވާ، އެރަށަށް އެކުންފުނިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިއެވެ.

މީގެއިތުރުން އެމްޑީ ފަހުމީ ވަނީ އެރަށު އިންޖީނުގެއަށް ޒިޔާރަތްކުރައްވާ، އިންޖީނުގޭގައި މަސައްކަތްކުރާ ސްޓެލްކޯގެ މުވައްޒަފުންނާއި ވެސް ބައްދަލުކުރައްވާފައިވެއެވެ. މިގޮތުން މުވައްޒަފުނަށް ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައިއެވެ.