ލިޔުނީ: އަޒްހީން

ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރާ އައްޑޫ ސިޓީ ހަންކެޑެ މަޝްރޫއުގެ ބިންގާ ރޭ އަޅައިފިއެވެ

އައްޑޫ ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ހަންކެޑް މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފަންޑު މެނޭޖްމަންޓް ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާޒިމް އަބޫބަކުރުގެ އިތުރުން ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) ގެ ނައިބް ރައީސް ޖިން ކިހޯއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިހުސާނު ވިދާޅުވީ، 2008 އިން ފަށައިން ވާހަކަދެކެވިފައިވާ މި މަޝްރޫއުގެ އަމަލީ މަސައްކަތް މިސަރުކާރުން ދެ ހަފުތާ ތެރޭ ފެށާނެކަމަށެވެ. އަދި މި ޕްރޮޖެކްޓުގައި 2082 އެނދު ހިމެނިގެންދާނެކަމަށާއި އޭގެ ސަބަބުން 1986 ސީދާ ވަޒީފާ އުފެދިގެންދާނެކަމަށް މިނިސްޓަރް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރް ވިދާޅުވީ މި މަޝްރޫއު ނިމޭއިރު، ސަރަހައްދީ ތަރައްގީ އައްޑޫއަށް ލިބި، އައްޑޫގެ ހޯލްސޭލް ރީޓެއިލް ދާއިރާއާއި ފުޑް އެންޑް ބެވަރެޖް އިންޑަސްޓްރީ ވެސް ކުރިއަރާނެ ކަމަށެވެ.

މިމަޝްރޫއުގެ ޑިޒައިންގެ ފޮޓޯތައްވެސް ހިއްސާކޮއް، އެމްއެފްއެމްސީން ބުނާގޮތުގައި މި މަޝްރޫއުގެ ދަށުން، ހަންކެޑޭގައި 1،041 ކޮޓަރި ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަންކެޑް ޓުއަރިޒަމް މަޝްރޫއަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު އައްޑޫ ސިޓީ ރައްޔިތުންނަށް ވެވަޑައިގެންނެވި ރިޔާސީ ވައުދެކެވެ.