ތިލަދުންމަތީ ދެކުނުބުރީ މަކުނުދުއަށް މުޅިން އައު ޖަނަރޭޓަރ ސެޓެއް ފޮނުވައިފިއެވެ.

މަކުނުދޫގެ ކަރަންޓުގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކޮށް ވަރުގަދަ ކުރުމަށް ފެނަކައިން އެރަށަށް ފޮނުވާފައިވަނީ 600 ކިލޯވޯޓުގެ ޖަނަރޭޓަރު ސެޓެކެވެ. މިއީ އެރަށުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އެޅިގެންދިޔަ ވަރަށް ރަނގަޅު ފިޔަވަޅެކެވެ.

ފެނަކައިން ރަށްރަށުގައި ދެމުން ގެންދާ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް ގެންދަނީ ވަރަށްބޮޑު ޚަރަދެއް ކުރަމުންނެވެ. އިންޖީނުތަކަށް ވަގުތީ ގޮތުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ވެސް ޚާއްސަ ސަމާލުކަމެއް އެކުންފުނިން ދެއްވާކަން ފާހަގަކުރެވިފައިވެއެވެ.

ފެނަކައިން ގެންދަނީ ރަށްރަށުގައި އައު އިންޖީނުގެތަކާއި އޮފީސް އިމާރާތްތައް ކުރުމުގެ މަޝްރޫއެއް ހިންގަމުންނެވެ. މި މަޝްރޫއުގެ ދަށުން ބައެއް ރަށްރަށުގައި ދެ ބުރީގެ އިމާރާތް ވެސް ކުރަމުން ގެންދެއެވެ. މި މަސައްކަތްތައް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ފެނައިން އުންމީދު ކުރެއެވެ.

ފެނަކައިން ރައްޔިތުންނަށް ދެމުން ގެންދާ ޚިދުމަތުގެ ފެންވަރު އަންގައިދޭ ތަފާތު އެވޯޑުތަކާއި އެހެނިހެން އެވޯޑުތައް ވެސް އެކުންފުނީން ގެންދަނީ ހާސިލް ކުރަމުންނެވެ. މިއީ އެކުންފުނީގެ ސީނިއަރ މެނޭޖުމެންޓާއި މުވައްޒަފުން ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ނަތީޖާއެވެ.